ads
އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް -- ފޮޓޯ: އެމްއެންޑީއެފް
ހާލުގައި ޖެހިފައިވާ ލަންކާގެ ބޯޓަކަށް އެހީވުމުގެ މަސައްކަތް ފަށައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހަ މީހުންނާއެކު އޮޔާދާ މި ބޯޓުގެ އިންޖީނު ހުއްޓި، ހާލުގައި ޖެހިގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 5:00 ޖަހާ އެހާއިރު ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ ފުރަތަމަ ރިޕޯޓް ލިބުނުއިރު އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނިޓާ ކުރަމުން ކަމަށާއި މިހާރު މި ބޯޓު އޮތީ ކ. ދިއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. 

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ނޫރައްދީން ލޯންޗުގައި ސިފައިން ދަނީ ހާލުގައި ޖެހިފައިވާ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެ ބޯޓު އޮތް ސަރަޙައްދަށް ދަތުރުކުރަމުންނެވެ. ނޫރައްދީން ލޯންޗަށް އެ ސަރަހައްދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 9:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް