ފޮޓޯ: އިންޑިއާ ނައު
72 އަހަރުގެ މީހެއް 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި
Share
އިންޑިއާގެ ހައިދަރްބާދްގެ ލޯ ފާމެއް ހިންގަމުންދާ އުމުރުން 72 އަހަރުގެ ފިރިހެނެއް 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.
Advertisement

މި މައްސަލަ އާ ގުޅިގެން ރަޗަކޮންޑާގެ ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި، އެ މައްސަލަ ހުށަހެޅީ އަންހެން ކުއްޖާގެ މަންމަ ކަމަށެވެ. 

މި މައްސަލަ އާ ގުޅިގެން އިތުރަށް ތަފްސީލް ދެމުން ފުލުހުން ބުނީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާ އެ ފިރިހެން މީހާ ކުރީ، އެގޭއަށް އަންހެން ކުއްޖާގެ މަންމަ މަސައްކަތު ގޮސް އުޅުނު ވަގުތެއްގައި ކަމަށާއި، އަންހެން ކުއްޖާއަށް އެކިވަރުގެ ޖިންސީ ގޯނާ އެ ފިރިހެން މީހާގެ ފުށުން ލިބިފައި ވާކަމަށެވެ. 

އަންހެން ކުއްޖާ އޭނާގެ މަންމަ އަށް މިވާހަކަތައް ކިޔައިދިނުމުން، އެ ފިރިހެން މީހާ ކައިރިއަށް ގޮސް ހަގީގަތް އޮޅުން ފިލުވަން މަސައްކަތް ކުރުމުން މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށާއި، އެހެން ކަމުން، ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ އިތުރުން މީހަކު މަރާލަން އިންޒާރު ދިން މައްސަލަ ވެސް އޭނާގެ މައްޗަށް އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި މީހާ އަކީ ގާނޫނީ އިލްމު ލިބިފައި ހުރި މީހެއް ކަމަށާއި، އެހެން ކަމުން އޭނާގެ ކިބައިން މިފަދަ ނުބައި އަމަލެއް ފެނިދާނެ ކަމަށް މީގެ ކުރިން ބަޔަކު ހީނުކުރާ ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވެއްޖެނަމަ 59 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް