ސަނީގެ ވީޑިއޯއެއްގެ މަންޒަރެއް——
“އޯ ވަޒަން”ލަވައާއެކު ސަނީ ދައްކަނީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ
Share
މަޝްހޫރު ބޮލީވުޑްތަރި އަދި އެމްޓީވީ ސްޕިޓްސް ވިލާގެ ހޯސްޓު ސަނީ ލިއޯން މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ.
Advertisement

ރާއްޖެ އައިންސުރެ ދަތުރުގެ ފޮޓޯތައް އެޅުން ހުއްޓައެއް ނުލައެވެ. މުޅިން ވެސް ދައްކަނީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ އާއި ރާއްޖެއަށް ހިތްޖެހިފައިވާލެއް ބޮޑުކަމުގެ ވާހަކައެވެ.

އެންމެ ފާހަގަކުރެވޭ ކަމަކީ ރާއްޖޭގައި ހޭދަކުރަމުންދާ ވެކޭޝަންގެ ކޮންމެ ވީޑިއޯއެއްގައި އޭނާ ބޭނުންކުރަމުންދަނީ ދިވެހިންގެ ލަވަތައް ކަމެވެ. އެގޮތުން ރާއްޖޭގެ ރީތިކަން ފެންނަ ޑްރޯން ވީޑިއޯއެއްގައިވެސް އޭނާ ބޭނުންކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމުކަން ކިޔާދޭ ލަވައެކެވެ.

“އޯވަޒަން”ލަވަ އޭނާ އެެއް ވީޑިއޯއެއްގައި ބޭނުންކޮށްފައިވާއިރު، އަނެއް ވީޑިއޯގައި ބޭނުންކޮށްފައިވަނީ ވެސް ދިވެހި ލަވައެއްގެ ރާގެކެެވެ.

ސަނީ ވަނީ މަކާއޯއަކާއިއެކު ނަގާފައިވާ ހިތްގަައިމު ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. 

ސަނީ ވަނީ މީގެ ހަތަރު މަސް ކުރިން ވެސް އާއިލާ އާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކޮށްފައެވެ. އެފަހަރު ޗުއްޓީ ހޭދަކުރީ ސަން ސިޔާމް އޮޅުވެލިފުށީގައެވެ. އެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ގިނަ ފޮޓޯތައް ފޭނުންނަށް ހިއްސާކުރި އިރު ރާއްޖެ ދޫކޮށް ދާން ޖެހުމުން ދެރަވެ ހިތާމަކުރި ކަމަށް އޭރު ސަނީ ވަނީ ބުނެފައެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް