ކޮފީ ސްކްރަބް
ކޮފީ ސްކްރަބް ތައްޔާރު ކުރާނެ ގޮތް!
Share
ހަންގަނޑު އޮމާންކޮށް ރީތިކޮށް ބަހައްޓަން ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެއެވެ. އެގޮތުން ކޮފީއަކީ ގައިގެ ހަންގަނޑަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާ، އަދި އެހާމެ ފަސޭހައިން ގޭތެރެއިންވެސް ލިބެން ހުންނަ ބާވަތެކެވެ.
Advertisement

އެގޮތުން މި ގެނެސްދެނީ ކޮފީ ބޭނުންކޮށްގެން ފަސޭހަކަމާއެކު ގޭގައި ތައްޔާރު ކޮށްލެވޭނެ "ކޮފީ ސްކްރަބް" ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި: 

1/2 ތަށި ކޮފީ 

1/2 ތަށި ބްރައުން ޝުގާ 

1/2 ތަށި ކާށި ތެޔޮ 

1 ސައި ސަމްސާ ވެނީލާ އެކްސްޓްރެކްޓް

ތައްޔާރުކުރާނެ ގޮތް:

1/2 ތަށި ކޮފީ އާއި 1/2 ތަށި ބްރައުން ޝުގާ އެއްކޮށްލުމަށްފަހު، އޭގެތެރެޔަށް 1/2 ތަށި ކާށި ތެޔޮ އަދި 1 ސައި ސަމްސާ ވެނީލާ އެކްސްޓްރެކްޓް އަޅާލާށެވެ. ދެން ރަނގަޅަށް އެއްކޮށްލާށެވެ.

ބޭނުންކުރާނެ ގޮތް:
ލޯ ކައިރި ނުހިމެނޭހެން މޫނުގައި މި ސްކްރަބް ބޭނުންކޮށްގެން މަސާޖުކޮށްލުމަށްފަހު ފަސް ވަރަކަށް މިނިޓް ވަންދެން ބަހައްޓާށެވެ. ދެން އެޔަށްފަހު ފެންފޮދަކުން މޫނު ރަނގަޅަށް ދޮވެލާށެވެ.

މި ސްކްރަބް މޫނުގެ އިތުރުން ގައިގެ ހަންގަނޑަށްވެސް ބޭނުންކުރެވިދާނެ އެވެ.

މި ކޮފީ ސްކްރަބުން ހަންގަނޑުގެ ކުރަކިކަން ފިލައި ގައިގެ ހަންގަނޑަށް އޮމާންކަން ގެނެސްދޭނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް