ads
އިދިކޮޅު ކޯލިޝަނުން މިއަދު އީސީ އާއި އެކު ބޭއްވި ބައްދަލުވުން
ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން އިލެކްޝަނަށް
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށައަޅައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު އީސީ އާއި އެކު ބޭއްވެވި ބައްދަލުވުމުގައި އެޕާޓީގެ ފަރާތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޓި ކެމްޕެއިން ކުރައްވާފައި ވާކަމަށާއި، އަދި ފަތުހީގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވާން އުޅުއްވާތީ އެކަމަށްވެސް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ރައީސް ޔާމީން ކެމްޕެއިންގައި ބައިވެރިވުމަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ނިންމެވުމުން ކޯޓު މެދުވެރިކޮށް ފުލު ފުލުގައި ޗިޓު ފޮނުވަމުން ގެންދިއުމުގެ އިތުރުން، އިންތިހާބާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާނޫނުން މަތިކޮށްފައިވާ އޭސީސީ ހުސްކަމެއްގެ ތެރޭގައި ބާއްވައިގެން އިންތިހާބު ބޭއްވުމަށް ނިންމަވާފައި ވާތީ އެކަމާއި މެދުވެސް އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅު ކޮށް އީސީ އަށް އެމައްސަލަ ހުށަހަޅާފައެވެ. 

މީގެ އިތުރުންވެސް ސަރުކާރުން މި އިންތިހާބާއި ދިމާކޮށް އެކި ގޮތް ގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އީސީ އާއި އެކު މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ. 

އިންތިހާބާއި ގުޅިގެން އެ ކޯލިޝަނުން މައްސަލަތަކެއް އީސީ އަށް ހުށައަޅުއްވާފައި ވާއިރު، އިންތިހާބާއި ދިމާކޮށް އެ ދާއިރާގައި ސަރުކާރުން މަޝްރޫއު ތަކެއް ހިންގުމަށް ނިންމުމާއި ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި ބުނެފައިވަނީ، ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށާ، އިއުލާނުކޮށް، އިފްތިތާހުކުރުމަށް ޖަލްސާ ބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އަދި މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރި ކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް