ads
ކާށިތެޔޮ
ބޮލުން އިސްތަށި ފައިބާތަ؟ މިއޮތީ ހައްލު
ބޮލުން އިސްތަށި ފޭބުމަކީ ގިނަބަޔަކު ކަންބޮޑުވާ ކަމެކެވެ.

އެގޮތުން މި ކަމަކީ ވަކި އުމުރަކަށް ދިޔުމުން ވާކަމެށް ނޫނެވެ. ކޮންމެ އުމުރު ފުރާ އަކަށްވެސް މިކަމުގެ ކަންބޮޑުވުން އޮވެއެވެ. އިސްތަށި ފޭބުން މައިނޑު ގޮތެއްގައި  ދިމާވަނީ މާ ގިނައިން ފިކުރު ކުރުމާއި، ނުގުޅޭ ޒާތުގެ ކެމިކަލް ހުންނަ ޕްރޮޑަޓްސް ބޭނުން ކުރުމާއި އަދި މީގެ އިތުރުން ބޭނުން ވާވަރަށް ވިޓަމިން މަދު ވުމަކިީވެސް އިސްތަށި ފޭބުމަށް ދިމާވެދާނެ ކަމެކެވެ.

އިސްތަށި ފައިބާ ކޮންމެ މީހަކުވެސް އިސްތަށި ފޭބުން ހުއްޓުވުމަށް ގިނަ ވައްތަރުގެ ތަކެތި ބޭނުންކޮށް ހަދައެވެ. އެހެން ނަމަވެސް އެ ބޭނުން ކުރެވޭ އެއްޗެއްގެ ސަބަބުން އިތުރަށް އިސްތަށި ފައިބާތަން ފެންނަލެއް މަދެއް ނޫނެވެ. ކޮންމެ މީހަކުވެސް ބަލަނީ އަގުހެން ހީވާ ތަކެތި ބޭނުން ކުރެވޭތޯއެވެ. އެއީވެސް  އިސްތަށި ފައިބާލެށް މަދު ކުރެވޭތޯއެވެ. އެކަމަކު އެކަންވެސް ވަނީ ބޭކާރު ކަމަކަށެވެ. ގަންނަ އެތީގެ އަގު ވަރައްވެސް ރީތިވެފައި ޗާލެވެ. އެކަމަކު އެއިން ވާ ފައިދާއެށް ނޯވެއެވެ.

މިއަދު މިއުޅެނީ މިކަމަށް ހައްލެށް ހޯދިދާނެ، ފަސޭހައިން ތައްޔާރު ކޮށްލޭވޭނެ އެއްޗެއްކިޔާލަދޭށެވެ. ހޯދާކަށް އެހާ އުނދަގުލެއްވެސް ނޫނެވެ. އަހަރުމެންގެ ކުޑައިރު އަހަރެމެންގެ މަންމަމެން މާމަމެން ފެންވަރުވާ ރީތި ކުރުމުގައި ބޭނުން ކުރާ ކާށިތެލެވެ. މީ ގައިމުވެސް 100 އިންސައްތަ ކެމިކަލް ފްރީ އެއްޗެކެވެ. ކާށިތެލަކީ މިހާރުވެސް ވަރަށް ގިނަމީހުން ބޭނުން ކުރަމުންދާ އެއްޗެކެވެ. ކާށިތެޔޮ މީހުން ބޮލުގައި ލުމަށާއި، ގައިގެ ހަންގަނޑު ކުރަކިވާނަމަވެސް ބޭނުންކޮށް ހަދައެވެ. އަދި މީގެ އިތުރުން  އެސްފިޔަ ދިގުކުރުމަށްވެސް މީހުން ބޭނުން ކުރެވެ. 

މި ކިޔާލަދެނީ އިސްތަށި ފޭބުން ހުއްޓުވުމަށް ކާށިތެޔޮ ބޭނުން ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކާށިތެޔޮ ފޮދު އުނދުންމަތީ މަޑު ގިނީގައި ކައްކާލާށެވެ. އެޔަށްފަހު ތެޔޮފޮދު ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫވުމުން މަޑުމަޑުން ތެޔޮފޮދު ބޮލުގައި އުނގުޅާށެވެ. އުނގުޅަމުން ދާއިރު ބޮލުގެ އިސްތަށިގަނޑު މަޑުމަޑުން މަސާޖު ކުރަމުން ދާށެވެ. އެއްކޮން މަސާޖުކޮށް ނިމުމުން ބޮލުގެ އިސްތަށިގަނޑު ފޮރުވޭނެހެން އެއްޗެށް އަޅާ ބަންދު ކޮށްލާށެވެ. މިހެން ހެދުމަށްފަހު 45 މިނިޓް ބެހެއްޓުމަށް ފަހު އިސްތަށިގަނޑު ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު ދެފަހަރު ބޭނުން ކުރާށެވެ. ގަވައިދުން ބޭނުން ކުރެވިއްޖެ ނަމަ ނަތީޖާ ފެންނަލެއް އަވަހެވެ. ގޮތް ބަލާލަން އަޅެ މި ޓްރައި ކޮށްލަބަލާށެވެ.

70%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް