އުމަރު އަދި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރަޝްމީ ބިގްބޮސް ހައުސްގައި——
ބިގްބޮސް ޝޯގެ މިންގަނޑުތަކާއި ހިލާފުވެގެން އުމަރު ޝޯއިން ނެރެލައިފި
Share
ކޮންޓްރޮވާޝަލް ރިއަލިޓީ ޝޯ “ބިގްބޮސް”ގެ 15 ވަނަ ސީޒަން މިހާރު ކުރިއަށްދާއިރު، ސީޒަންގެ ފިނާލޭއަށް ދެން އޮތީ ހަފްތާއެކެވެ.
Advertisement

ފިނާލޭއަށް ޓިކެޓް ކަށަވަރުވާ ފަސް މީހުން ހޮވުމަށް ޓާސްކުތައް ދަނީ ކުރިއަށެވެ. އެކަމަށްޓަކައި ތިން ޓާސްކެެއް ހަވާލުކުރެވިގެންދިޔައިރު، ބައިވެރިންގެ ތަޅާފޮޅުމާއި އަރާރުން ބޮޑުކަމުން ކޮންމެ ޓާސްކެއް ވެސް ބިގްބޮސް އަށް ޖެހެނީ ރައްދުކުރާށެވެ. 

އެކަންތައް ބޮޑުވެގެން "ޓިކެޓު ޓު ފިނާލޭ ވީކް" ގެ ނަސީބުވެރިންގެ ގޮތުގައި މީހުން ހޮވީ ބޭރުން އިތުރު މީހުންތަކެއް ގެނެސްގެން "ފޭކް ބިގްބޮސް" ނަމުގައި އެމީހުންނަށް ޓާސްކުދީގެން އެމީހުން ޓިކެޓު ފިނާލޭ ކަށަވަރުކުރި ކަމަށް ބުނެ އޮޅުވާލައިގެން ހަވާލުކުރި ޓާސްކުތަކުންނެވެ.

އެފަހަރު ފިނާލޭ ޓިކެޓް ހާސިލުކުރީ ކަރަން ކުންދުރާ، ރަޝްމީ ދޭސާއީ، އަދި އުމަރު ރިޔާޒް އެވެ.

ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި "ބިގް ބޮސް 15" އިން އުމަރު ވަނީ "ވީކެންޑް ކާ ވާރް" ގައި ގެއިން ބޭރުކޮށްފައެވެ.

އޭނާ ގެއިން ބޭރުކުރީ ޓިކެޓް ޓު ފިނާލޭ ޓާސްކެއްގެ ތެރެއިން ޕްރަތީކް ސެހްޖްޕާލް އާއި އުމަރާއި ދެމެދު ޒުވާބު ބޮޑުވެ، އެކަކު އަނެކަކު ގަޔަށް އަތްލާ ތަޅާފޮޅާފައި ވާތީއެވެ. 

އެ ޓާސްކުތެރެއިން އުމަރުގެ ގަޔަށް ޕްރަތީކް ފެން ޖެހުމުން ހޫނުވި ޒުވާބުގަނޑު ނިމުނީ އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް ގޮސްގެންނެވެ. ޕްރަތީކް ކޮށްޕާލާ، ތަޅާފޮޅުމަކާއި ހަމަޔަށް ދިޔައީ އުމުރު ކަމަށް ނިންމާ އެކަމާ މެދު ފިޔަވަޅު އެޅުމަށް ބިގްބޮސް ދޫކޮށްލީ އެ ޝޯގެ ހޯސްޓް ސަލްމާން ހާން އަށެވެ.

your imageއުމަރު އަދި ޕްރަތީކް ޓާސްކުގެ ތެރެއިން ތަޅާފޮޅަނީ

އެންމެ ފަހުން އޮތް “ވީންކެންޑް ކާ ވާރް”ގައި ސަލްމާން ނިންމީ އުމަރު ޝޯއިން ބޭރުކޮށް ގެއަށް ފޮނުވާލުމަށެވެ. 

ސަލްމާން ބުނީ އުމަރަށް ތަކުރާރުކޮށް އެކަމުގައި މީގެ ކުރިން ވެސް ނަސޭހަތް ދެވިފައި ވީނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ޝޯގެ ގަވާއިދުތަކާއި މިންގަނޑުތަކާއި އެންމެ ބޮޑަށް ހިލާފުވެފައިވަނީ އުމަރު ކަމަށާއި އެހެންކަމުން އިތުރު ފުރުސަތެއް ދެން ދެވެން ނެތްކަމަށެވެ.  

your imageސަލްމާން އަދި އުމަރު

ޝޯގެ އުސޫލު އޮންނަގޮތުން އެގޮތަށް ޝޯއިން ބޭރުކުރާ މީހުން ވަގުތުން ޝޯ ދޫކޮށް ބިގްބޮސް ހައުސްއިން ނިކުންނަން ޖެހެއެވެ. އެހެންކަމުން އެވަގުތު އުމަރު ވަނީ އެގެއިން ނިކުމެފައެވެ.

އަނެއްކޮޅުން ރަޝްމީ އާއި އަބީޖީތު ވަނީ ނޮމިނޭޝަން ގެ މަސައްކަތް ކުރިއަށް ދިޔައިރު ވީއައިޕީ ސްޓޭޓަސް އިން ދަށްކޮށްފަ އެވެ.

your imageއަބީޖީތު، ރަޝްމީ——

ލިސްޓުން އެންމެ ފަހުން އުނިކުރި ހައުސްމޭޓަކީ ތޭޖަސްވީ އެވެ. މިއާ އެކު ޓިކެޓް ޓު ފިނާލޭއާ ވީއައިޕީގެ ދެން ބާކީ ތިބީ އެންމެ ތިން ބައިވެރިންނެވެ.

your imageތޭޖަސްވީ——

އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު ޕްރަތިކް ވަނީ ފިނާލޭ ވީކްގައި އޭނާގެ މަގާމު އަތުލާ އެންމެ ފަހުގެ ހައުސްމޭޓްގެ މަގާމު ވީއައިޕީއަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ބިގް ބޮސް ހައުސްގެ އާ ކެޕްޓަނަކީ ޝަމިތާ ޝެޓީ އެވެ.

މިހާރު ޝޯގެ ފައިނަލިސްޓުންނަކީ، ކަރަން، ޝަމިތާ ރާކީ ސާވަންތު އަދި ޕްރަތީކް އެވެ. 

your imageކަރަން، ޝަމީތާ، ޕްރަތީކް، ރާކީ

މި ހަފްތާއަށް ނޮމިނޭޓްވާ ކޮންޓެސްޓެންޓުންނަކީ ޑެވޮލީނާ، ރަޝްމީ، ނިޝާންތު ބަޓް، ތޭޖަސްވީ އަދި އަބީޖީތު ބިޗުކާލޭ އެވެ. އަދި މި ހަފްތާގައި ގެއިން ނެރެލަން އުޅޭ ކަމަށް ބެލެވޭ ހައުސްމޭޓަކީ އަބީޖީތު އެވެ. 

your imageނޮމިނޭޓްވެފައިވާ ބައިވެރިން——

ގިނަ ބަޔަކު ބުނަމުން ދަނީ ކަރަން ކުންދުރާ މިފަހަރު ބިގް ބޮސް 15 ގެ ޓްރޮފީ އުފުލައިލާނެ ކަމަށެވެ. އަދި ރަނަރަޕް ޓައިޓަލް ހިފައިގެން ޕްރަތިކް ނުވަތަ ތެޖަސްވީ ގެއަށް ދާނެ ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް