މާފުށި ޖަލު -- ފޮޓޯ:މިހާރު
މާފުށީ ޖަލު އަނެއްކާވެސް ކުއްލި ހާލަތަށް
Share
ކޮވިޑް-19އިގެ ކޭސްތަކެއް ފެނި މާފުށީ ޖަލު އަނެއްކާވެސް ކުއްލި ހާލަތަށް ގެންނަން ނިންމައިފި އެެވެ.
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާފުށި ޖަލުގައި ކޮވިޑް-19ގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ނެގި ސާމްޕަލްތަކެއް ތެރެއިން ހަތް އޮފިސަރުންނާއި ހަތަރު ގައިދީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު 16:00 އިން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ކަރެކްޝަން އިން ބުނީ މާފުށި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.

މާފުށީ ޖަލު މީގެ ކުރިންވެސް ވަނީ ކޮވިޑް ކޭސްތައް ފެނިގެން ޖަލުތައް ކުއްލި ހާލަތައް ގެނެސްފައެވެ. މިކަހަލަ ކޮންމެ ފަހަރެއްގައި ކަރެކްޝަންގެ އުސޫލުުތަކުގައި ވާގޮތަށް ގައިދީންގެ ބައްދަލުވުންތައް ބާއްވަމުންދަނީ އޮންލައިންކޮށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް