އެމްއެންޕީގެ ރައީސް ނާޒިމް
އެމްއެންޕީގެ ޒައާމަތުގައި އިރާދަކުރެއްވިއްޔާ ދިވެހިން ނިދާނީ ފިނިކޮޓަރީގައި: ނާޒިމް
Share
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ދިވެހިން ނިދާނީ ފިނި ކޮޓަރީގައި ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބްރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ނާޒިމް މިހެން ވިދާޅުވީ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް، އަބްދުލް ހަންނާނު އިދުރީސްގެ މާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

ނާޒިމް ވިދާޅުވީ އެމްއެންޕީގެ މަގުސަދަކީ ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ މި ޕާޓީގެ ޒައާމަތުގައި އިރާދަކުރެއްވިއްޔާ ދިވެހިން ނިދާނީ ފިނިކޮޓަރީގައި. ދިވެހިންނަކީ އަރާމުގައި ގޭގައި ނިދާލެވެން ޖެހޭ ބައެއް"  ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގައި ފެނިގެން ދިޔައީ ރައްޔިތުން ބިކަވެފައި ތިބި މަންޒަރު ކަމަށާއި އެރަށްރަށުގެ ރައްޔިތުންނަށް ހައްގު މިންވަރެއް ލިބިގެން ނުދާކަމަށެވެ. 

އަދި ރައްޔިތުން ތިބި ނިކަމެތި ހާލު ފެނިފައި ލޮލުން ކަރުނަ އައި ކަމަށާއި ސަރުކާރުތަކުން މިދިޔަ އަހަރުތަކުގައި ރައްޔިތުން ފުދުންތެރިކުރުމަށްޓަކާ ކުރި ކަންކަމާމެދު ސުވާލު އުފެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު، ބޮޑު އަދަދެއް ލިބޭ ގައުމެއް ނަމަވެސް ފައިސާ ދާތަނެއް ނޭނގޭ ކަމަށެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް