ads
އޭނާ ނުކިޔަމަންތެރިކަން ދައްކާ އާއްމުންނަށްވެސް ވަނީ ހަމަލާދީފަ
އާއްމުންގެ ތަކެއްޗަށް ގެއްލުންދިން މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ހުޅުމާލެއިން އާއްމުންގެ ތަކެއްޗަށް ގެއްލުންދެމުން ދިޔަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ "ސީއެންއެން"ގެ ނޫސްވެރިޔާ މައުލޫމާތު ދިންގޮތުގައި، "ހަތްތަރި މާޓް" ސަރަހައްދުން ފުލުހުންނަށް ނުކިޔަމަންތެރިވި މީހަކު ފުލުހުންގެ ބެލުމުގެދަށަށް ވަނީ މިރޭ ގެންގޮސްފައެވެ. 

އަދި އެމީހާ ވަނީ "ނިރޮޅުމަގު-9" ގޯޅިތެރޭން ބައެއް އާއްމުންނަށް ގެއްލުން ދިނުމުގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ވެމްކޯގެ ސްޓާފަކަށްވެސް ގެއްލުން ދީފައެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ މީހެއްގެ ހެލްމެޓް ވެސް އެމީހާ ވަނީ އެއްލާލާފައެވެ.

އާއްމުންނަށް ގެއްލުންދިނުމުގެ އިތުރުން އެ މީހާ ވަނީ ލައިގެން ހުރި ޓީޝާޓު ވެސް ބާލާ އެއްލާލާފައެވެ. އަދި އޭނާ އަތުގައި ހުރި ބައެއް ތަކެތިވެސް އެސަރަހައްދަށް އުކާ، އަޑުގަދަކޮށްފައިވެއެވެ.

އެ ސަރަހައްދުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުން، އެ މީހާގެ އަމަލުތައް އެ ވަގުތު ހުރިގޮތުން އޭނާ ހުރީ ރަނގަޅު ހާލަތެއްގަ އެއް ނޫނެވެ.

ފުލުހުންނަށް އެއްބަރުލުން ނުދީ ދިޔުމާ އެކު ފުލުހުން އޭނާ ހައްޔަރު ކުރީ ހަތްތަރި މާޓް ހިމެނޭ ސަރަހައްދުގެ ބޮޑު މަގުންނެވެ.

މިރޭ 20:15 ހާއިރު ހިނގި މިހާދިސާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލައިގެ މައުލޫމާތު އަދި ލިބިފައިނުވާކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް