އައްޑޫ ފޭދޫ
ކޮވިޑް ޖެހިގެން 34 އަހަރަގެ ބަންގްލަދޭޝް މީހެއް މަރުވެއްޖެ
Share
ކޮވިޑް ބަލީގައި 34 އަހަރުގެ ޒުވާނަކު އައްޑޫއިން މިއަދު މަރުވެއްޖެ އެވެ.
Advertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މަރުވެފައިވަނީ 34 އަހަރުގެ ބަނގުލަދޭޝަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ މީހާ ސ. ފޭދޫ ހެލްތު ސެންޓަރަށް މިއަދު ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 08:00ގައި ކަމަށް އެޗްޕީއޭގެ ޓްވީޓުަގައި ބުނެފައިވެއެވެ.

ކޮވިޑްގެ މި މަރާއެކު ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 265 އަށް އަރާފައެވެ. އައްޑޫ ސިޓީން ކޮވިޑް ޖެހިގެން މަރުވި މީހުން އަދަދު މިހާރު އުޅެނީ 14އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް