ads
ފޮޓޯ: އައިޖީއެމްއެޗް
ރާއްޖޭގައި އަލަށް ކުޑަކުއްޖެއްގެ ހިތުގެ ލޭ ހޮޅިއަކަށް ކެތީޓާއެއް ލައްވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތަށް ކެތީޓާއެއް ލައްވައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނީ، ހިތަށް ކެތީޓާއެއް ލައްވާފައި ވަނީ، ހިތުން ފުއްޕާމެއަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި ދަތިކަމެއް ހުރި ކުޑަކުއްޖެއްގެ ކަމަށާއި، ސާޖަރީއަށް ފަހު ހޮސްޕިޓަލުގައި ކުއްޖާ އެޑުމިޓުކޮށްގެން ބާއްވަން ނުޖެހި ކުއްޖާ ދޫކޮށްލާފައި ވާކަމަށެވެ. 

އައިޖީއެމްއެޗް އިން މި ސާޖަރީ ހަދާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެެ. މި ޕްރޮސީޖާ ހެދި ޓީމުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކުގެ ހާއްސަ ޑރ. މުހައްމަދު ޝަނީޒް ނަޖްމީ އާއި ހޭނައްތާ ޑޮކްޓަރު އަސަދު މުހައްމަދު ޝަހީދް އެވެ.

މި ޕްރޮސީޖާއަކީ "ބެލޫން ޕަލްމޮނަރީ ވެލްވުލޮޕްލާސްޓީ" އެވެ. ބެލޫން ޕަލްމޮނަރީ ވަލްވުލޯޕްލާސްޓީގެ އަމާޒަކީ އޯޕަން ހާޓް ސާޖަރީއެއް ނުކޮށް މި މައްސަލަ ހައްލުކުރުން ކަމުގައި އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އެކަން ކުރަނީ ކެތީޓާއެއް ލައްވައިގެންނެވެ. ކެތީޓާގައި ފުއްޕާހަމެއް ކަހަލަ އެއްޗެއް އިންނާނެ އެވެ. ލޭ ހޮޅީގެ ތެރެއަށް ކެތީޓާ ލެއްވުމަށް ފަހު ހަން ފުއްޕާލުމުން ފުޅާވެ ލޭ ދައުރުވާން ފަސޭހަވާނެ އެވެ. 

އައިޖީއެމްއެޗުން ބުނީ މި ޕްރޮސީޖާއިން، އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ކެތީޓާ ނުވަތަ ސްޓްރަކްޗަރަލް އިންޓަވެންޝަން ފެށޭނެ ކަމަށެވެ.

އައިޖީއެމްއެޗް އިން އަންނަނީ އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް