ads
މެމްބަރު ޖާބިރު--
ޖާބިރު އުމްރާއަށް ފުރާވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޖާބިރު އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފި އެވެ.

ޖާބިރު އުމްރާއަށް ފުރާވަޑައިގެންނެވިކަން ހާމަކުރެއްވީ އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. 

ދިޔާނާ ވިދާޅުވީ ޖާބިރުގެ އުމްރާ، މާތްﷲ ގަބޫލުކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި ޖާބިރުގެ ދުއާ އިޖާބަކުރެއްވުމަށާއި ޖާބިރަށް އުފާވެރިކަން މިންވަރުކުރުމަށް އެދޭ ކަމަށެވެ. 

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖާބިރަކީ އެންމެ މަގްބޫލު އެއް މެމްބަރެވެ. 

ޑީއާރްޕީގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރު ދައްކަވާ ވާހަކަތަކަށް ވެސް އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބެ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް