އޯޑިއޯން ހުރި ބިން
ސަރުކާރުން ޓާޓާއަށް ދިނީ މުޅި ޅޮއްސަލަފުށީގެ ބަދަލުގައި 9 މިލިއަން ޑޮލަރަށް ބިމެއް!
Share
މުޅި ޅޮއްސަލަފުށީގެ ބަދަލުގައި 9 މިލިއަން ޑޮލަރަށް ތިން ލައްކަ އަފޫޓުގެ ބިން ދޭގޮތަށް އެއްބަސްވެ، މަތީ ފެންވަރުގެ ފްލެޓްއަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު 2010 ގައި ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ، ސަރުކާރުން ސޮއިކޮށްފި އެވެ.
Advertisement

އޯޑިއޯން އާއި ނާދީ ބިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުނީ އެވެ. 

އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލްކުރުމުން ޓާޓާ އިން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި މިހާރު ގޮތެއް ނިންމާ މި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.

އެކަން ހާމަކޮށް ހައުސިން މިނިސްޓްރީން މިއަދު ބުނީ ސަރުކާރު ބަދަލުވުމާއިގުޅިގެން އަލުން ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް 2019 ވަނަ އަހަރުގެ ފެބުރުވަރީގައި ދައުލަތުގެ ފަރާތުން އެޕެކްސް އާއި މަޝްވަރާކުރުމަށް ފަހު އެއްބަސްވެފައިވަނީ، 26 މެއި 2010ގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިމާއި އޯޑިއޯން ބިން ތަރައްޤީކުރުމަށް އެޕެކްސްއަށް ދިނުމަށާއި ޅޮއްސަލަފުށި ރިސޯޓަކަށް ބަދަލުނުކޮށް އެ ކުންފުންޏަށް ލަގްޒަރީ ވިލާ ތަރައްޤީކުރުމަށް ޅ.ޅޮއްސަލަފުށިން ބިމެއް (މުޅި ރަށުގެ
ބަދަލުގައި ދޫކުރުމަށް ކަމަށެވެ. 

އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރާ 360.000 އަކަފޫޓްގެ އެބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 9 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް ވަނީ އެއްބަސްވެފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެއްބަސްވެފައިވަނީ ދެ ފަރާތުގެ ދެމެދު ގައި އިތުރަށް ދިމާވާ މައްސަލަތައް
ޙައްލުކުރުމަށް އިންޑިޔާގެ އާބިޓްރޭޝަންއަށް ހުށަހެޅުމުގެ ބަދަލުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށެވެ. 

މި ކަންތައްތަކާއި މެދު ދެފަރާތުން އެއްބަސްވެ ސަރުކާރުންވަނީ އެޕެކްސްއާއިއެކު ސެޓްލްމަންޓް އެގްރީމަންޓްއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައެވެ. ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުން އެޕެސަސްއިން އަބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން އެކުންފުނިން ވަނީ އެއްބަސްވެފައެވެ.

މިނިސްޓްރީން ބުނީ އެޕެކްސްއާއި ހަވާލުކުރެވޭ ނާދީ އަދި އޯޑިއޯން ބިމުގެ މިލްކުވެރި ފަރާތަކީ ދިވެހި ސަރުކާރު ނަމަވެސް އެޕެކްސްއިން މިދެބިމުގައި ފްލެޓް އިމާރާތްކޮށް ދިވެހި ރައްޔިތުންނަށް ވިއްކުމުގެ ހައްޤު އެފަރާތަށް ލިބޭނެ ކަމަށެވެ. 

އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑާއި މިސަރުކާރާއެކު މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ސެޓަލްމަންޓް އެއްބަސްވުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން، ކަންގަވާލް 18އެސްޖީ ޑިވެލޮޕަސް ޕްރައިވެޓް ލިމިޓެޑާއި އެ މިނިސްޓްރީއާ ދެމެދު 26 މެއި 2010ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 500 ފްލެޓް މަޝްރޫއުއެއް 2 ފިޔަވައްސަކަށް ބަހައިލައިގެން މާލޭގައި ކުރިޔަށް ގެންދިޔުމަށް ސޮއިކުރެވުނެވެ. އެއެއްބަސްވުމުގެ ދަށުން ކަންގަވާލް 18އެސްޖީ ޑިވެލޮޕަސް ޕްރައިވެޓް ލިމިޓެޑާ ފުރަތަމަ ފިޔަވަހީގެ ދަށުން މަސައްކަތް، އެއްބަސްވުމަށް ގެނެވުނު އިސްލާޙެއްގެ ދަށުން އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑް (ޑިވެލޮޕަ) އާ
ޙަވާލުކުރިއެވެ. 

މިގޮތުން ފުރަތަމަ ފިޔަވަހީގައި 350 ފްލެޓާއި އަދި 35 ލަގްޒަރީ ވިލާ ފައިނޭންސްކޮށް ޑިވެލޮޕަރު
ތައްޔާރުކުރާގޮތަށް އެއްބަސްވެފައި ވެއެވެ.މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓް ޢިމާރާތްކޮށް ތަރައްޤީކުރުމަށް މާލޭގެ ހަތަރު ބިމެއްވަނީ މި މަޝްރޫޢުގެ ޑިވެލޮޕަރއާއި ޙަވާލުކުރެވިފައެވެ. އެ ބިންތަކަކީ:

  1. މއ. ވޭސައިޑް (ކުރީގެ އަރަބިއްޔާ، ބްލޮކް ނަންބަރު 162)
  2. ގ.ގާކޮށި (ބްލޮޓް ނަންބަރ 135)، 
  3. ހ.ބްލޫހެވަން (ބްލޮޓް ނަންބަރު 58)
  4. މ.އޯޑިއޯން (ބްލޮކް ނަންބަރު 263).

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަންގަވާލް 18 އެސްޖީ ޑިވެލޮޕަސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރެވުނު 150 ފްލެޓް އަދި 15 ލަގްޒަރީވިލާސް ފައިނޭންސްކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް 19 މާރިޗް 2015ގައި ސެންޑަލް މޮރިސަސް ޕްރައިވެޓް ލިމިޓެޑާ އެކު ވަކި އެއްބަސްވުމެއްގައި ވެސް ސޮއިކުރެވިފައިވެއެވެ. 

މިގޮތުން ސެންޑަލް މޮރިސަސްއިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއް ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓްގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރި މަސައްކަތުގެ ތެރެއިން މއ.ވޭސައިޑް އަދި ގާކޮށީގައި ޢިމާރާތްކުރަންޖެހޭ 288 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، އެހައުސިން ޔުނިޓްތައް 19 އޭޕްރީލް 2016 ގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައާއި ހަވާލުކުރިއެވެ. އެހެންނަމަވެސް، އޯޑިއޯން އަދި
ނާދީ ބިމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ، އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން އޭޕްރީލް 2015 ގައި ނޯޓިސް އޮފް ޑިސްސެޓިސްފެކްޝަން އެޕެކްސްއަށް ފޮނުވިއެވެ. 

މިއަށްފަހުވެސް މިމަޝްރޫޢުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ކުރިޔަށްނުދާތީ 22 ޑިސެމްބަރު 2016 ގައި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓޮރެކްޓް އެޕެކްސް އަށް ފޮނުވިއެވެ. އަދި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓުރެކްޓްގައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، ނޯޓިސް އޮފް ޓާމިނޭޝަން 27 އޭޕްރިލް 2017 ގައި އެޕެކްސްއަށް ފޮނުވިއެވެ. 18 އެޕްރިލް 2017 އިގެ ސިޓީއާ ގުޅިގެން އެޕެކްސްއިންވަނީ ދެބަސްވުންތައް ޙައްލުކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ
އިޖުރާޢަތުގެ ދަށުން އެ ނޯޓިސް ބާޠިލްކުރުމަށް 7 ޖޫން 2017 ގައި އިންޑިޔާގެ އަރބިޓޭޝަނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެޕެކްސްއިން ފަށާފައެވެ. އަދި އެ މައްސަލައިގެ ތެރެއިން، އެޕެކްސްއިން ނެރެދިނުމަށް އެދުނު ވަގުތީ އަމުރާ އެއްގޮތަށް، އެއްބަސްވުން ބާޠިލްކުރުމަށް ސަރުކާރުން އެ ކުންފުންޏަށް ދީފައިވާ ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށާއި، އޯޑިއޯން އާއި ނާދީ ބިމުގައި ޢިމާރާތްކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދިނުމަށް ޓްރައިބިއުނަލުން ވަނީ ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރުއްވާފައެވެ.

އެޕްކްސްއިން އާބިޓްރޭޝަންގައި އެދިފައިވަނީ އެއްބަސްވުމާ ޚިލާފުވުމުން 22 ޑިސެމްބަރ 2017 އަދި 18 އޭޕީރިލް 2017 ގައި މިނިސްޓްރީއިން އެޕެކްސްއަށް ދީފައިވާ ނޯޓިސްތަކާއި، 27 އޭޕްރިލް 2017 ގައި ފޮނުވި ނޯޓިސް އޮފް ޓަރމިނޭޝަން އަކީ ޤާނޫނާ ޚިލާފު ބާޠިލް އެންގުންތަކެއްކަމަށް ކަނޑައަޅައިދިނުމަށާއި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރަށް ހިންގުމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގެ އަމުރެއް ނުނެރެވޭނެނަމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން އެމެރިކާ ޑޮލަރާއި އަރބިޓްރޭޝަނަށް ހިނގާ އެންމެހައި ޚަރަދުތައް އެޕެކްސްއަށް ނަގައިދިނުމަށެވެ.

އާބިޓްރޭޝަން ޓްރައިބިއުނަލުން އެހާތަނަށް ޢަމަލުކުރައްވާފައިވާ ގޮތަށާއި ބައްދަލުވުންތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ދިވެހި ސަރުކާރު ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބޭރުގެ ޤާނޫނީ މާހިރުން ލަފާދީފައިވަނީ މި މައްސަލައިގެ ތެރެއިން އާބިޓްރޭޝަން ޓްރައިބިއުނަލްއަށް އެޕެކްސްއިން ހުށަހެޅި ވަގުތީ އަމުރު ނެރެދެއްވާ، އޯޑިއޯން އަދި ނާދީ ބިމުގައި
ޢިމާރާތްކުރުމުގެ ހުއްދަ އެޕެކްސްއަށް ދީފައިވާތީ، އެ ވަގުތީ އަމުރު ނެރެދެއްވުމުގެ ނަތީޖާއަކީ 27 އޭޕްރިލް 2017 ގައި މިނިސްޓްރީއިން ފޮނުވި ނޯޓިސް އޮފް ޓަމިނޭޝަންގެ ބާރު ކެނޑިގެން ދިއުންކަމަށާއި، މި މައްސަލާގައި ޚިލާފު އުފެދިފައިވާ ޤާނޫނީ ނުކުތާތަކަށް ޓްރައިބިއުނަލުން މިހާރުވެސް ވަކި ގޮތެއް ނިންމަވާފައިވާކަމަށް ބެލެވޭކަމަށެވެ. އަދި މިހެންވުމުން
އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ޓްރައިބިއުނަލުން ބުރަވާކަން ފާހަގަކުރެވުނުކަމަށެވެ.
އެޕެކްސްއިން އެދިފައިވާ ގޮތަށް އޯޑިއޯން އަދި ނާދީ ބިމުގައި ޢިމާރާތްކުރެވޭ ގޮތަށް ޓްރައިބިއުނަލުން ސަރުކާރުގެ މައްޗަށް ވަގުތީ އަމުރު ނެރެދީފައިވާތީއާއި، އެޕެކްސްއިން ހުށަހަޅާފައިވާ އަބިޓްރޭޝަންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެފަރާތުން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން އާބިޓްރޭޝަނާ ގުޅިގެން ހިނގާ އެންމެހައި ޚަރަދުތައް ނަގައިދިނުމުގެ ފުރުޞަތު އޮތްކަމަށް ބޭރުގެ ޤާނޫނީ ވަކީލުން ލަފާ ދެއްވާފައިވާތީ، މި މައްސަލަ އަރބިޓްރޭޝަންގެ ބޭރުން ޙައްލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވަނީ ލަފާދީފައެވެ.

މިގޮތުން މި މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އެޕެކްސްއާއި ދެމެދު މަޝްވަރާކުރުމަށާއި ސެޓްލްމަންޓް އެގްރިމަންޓެއްގައި ސޮއިކުރުމަށް އެއްބަސްވެ 6 ސެޕްޓެމްބަރ 2018 ދިވެހިސަރުކާރާއި އެޕެކްސްއާ ދެމެދު އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި އެއަށް ފަހު ސެޓްލްމަންޓް އެގްރިމަންޓްގައި ދިވެހި ސަރުކާރާއި އެޕެކްސްއާ ދެމެދު ސޮއިކޮށްފައިވަނީ 20 ސެޕްޓެމްބަރ
2018 ވަނަ ދުވަހުއެވެ. ސެޓްލްމަންޓް އެގްރިމަންޓްގައި އެއްބަސްވެފައިވަނީ ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްޤީކުރުމަށް އެޕެކްސްއަށް ދިނުމަށާއި އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ނަންބަރ (386) ހުރި ބިން ތަރައްޤީކުރުމަށް އެޕެކްސްއަށް ދިނުމަށާއި، އެ ކުންފުންޏަށް ލަގްޒަރީ ވިލާ އެޅުމަށް ދީފައިވާ ޅ.ޅޮއްސަލަފުށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުމަށް އެޕެކްސްއަށް ދިނުމަށެވެ. އަދި މި އެއްބަސްވުމުގައި، ދެ ފަރާތުގެ ދެމެދު ގައި އިތުރަށް ދިމާވާ
މައްސަލަތައް ޙައްލުކުރުމަށް އިންޑިޔާގެ އާބިޓްރޭޝަންއަށް ހުށަހެޅުމުގެ ބަދަލުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށް ކަނޑައަޅެމަށް ނިންމިއެވެ. 

އެހެން ނަމަވެސް ސެޓްލްމަންޓް އެގްރިމަންޓްގައި ބަޔާންކޮށްފައިވާގޮތަށް ޅ.ޅޮއްސަލަފުށީގެ ރިސޯޓް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސެޓްލްމަންޓް އެގްރިމަންޓްގައި ސޮއިކުރާތާ 7 ދުވަހުގެ ތެރޭގައި ސޮއިކުރެވިފައިނުވާތީ، މިދެންނެވުނު ސެޓްލްމަންޓް އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދެވިފައިނުވެއެވެ. އަދި މިހެންވުމުން އާރބިޓްރޭޝަނުން މައްސަލަ އަނބުރައި ގެންދިޔުމުގެ މަސައްކަތް އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ކޮށްފައިނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް