ads
ފޮޓޯ: އިންސްޓަގްރާމް
ޝީލާގެ ވެކޭޝަން ފެނިފައި ރަށަށް ދާ ހިތް ނުވޭތަ؟
ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ބަތަލާ ޝީލާ ނަޖީބު އޭނާގެ "ފެވަރިޓް" ރަށް ބ. ގޮއިދޫގަަައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އޭނާ ގޮއިދޫއަށް ދިޔައީ އެރަށުގެ ޝީލާގެ ވަރަށް ގާތް މީހެއްގެ ދަރިއެއް ކައިވެނިކުރަން ހަމަޖެހިފައި އޮތުމުން އެކަމުގައި ބައިވެރިވުމަށެވެ.

ޝީލާ “ސީއެންއެމް”އަށް މީގެ ކުރިން ބުނިގޮތުގައި ގޮއިދޫއަކީ އޭނާގެ "ސެކަންޑް ހޯމް" އެވެ. 

މަންމަ އާއި ޝީލާގެ ދެކުދިންނާ އެކު ހަފްތާއެއްހާ ދުވަހަށް ޗުއްޓީ ހޭދަކޮށްލަން ގޮސްއުޅޭއިރު، އޭނާގެ ޗުއްޓީގެ ގިނަ ވީޑިއޯތަކާއި ފޮޓޯތައް ދަނީ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ. 

your imageފޮޓޯ: ޝީލާ އިންސްޓަގްރާމް

މި މަންޒަރުތައް ފެނި ކުޅުދިޔާނުވާ، ރަށްފުށުގެ ހަނދާން އާ ނުވާ މީހަކު ހަމަ މަދުވާނެއެވެ. ބޮޑެތި ކެއުން ގަނޑުތަކާއި، ރަށްފުށުގެ ހިތްގައިމު ދިރިއުޅުން ޝީލާގެ މި ދަތުރުން ވަރަށް ފުރިހަމައަށް ފެނެއެވެ.

އެއިން ކޮންމެ ކަމެއްގާ މުރާލިކަމާ އެކު ޝީލާ ބައިވެރިވާތަން ވެސް ފެނެއެވެ. ޝީލާ ކަހަލަ މަގުބޫލު ތަރިއެއްގެ ދިރިއުޅުމުގެ މިފަދަ މަންޒަރުތަކަކީ މަދު ފަހަރަކު ބަލާލަން ލިބޭނެ ފުރުސަތެއްކަން ގައިމެވެ.

your imageފޮޓޯ: ޝީލާ އިންސްޓަގްރާމް

މަނިކުައަށް ޗުއްޓީގައި ބައިވެރި ނުވެވުނު ނަމަވެސް މި ޗުއްޓީގައި އާއިލާއެކު ޝީލާ ހަމަ ގައިމުވެސް މި ހޭދަކުރަނީ މަޖާ ދަތުރެކެވެ. 

ރަށްފުށުގެ ދިރިއުޅުންތަކުގެ ފޮނިމީރުކަން ލިބިގަތުން އެއީ ޝީލާ އަށް އަބަދު ވެސް ވަރަށް ހިތްހަަމަޖެހުން ގެނެސްދޭ ކަމެއް ކަމަށާއި ހާއްސަކޮށް ގޮއިދޫގައި ގިނައީ ހަމަ ގާތްތިމާގެ މީހުން ކަހަލަ މީހުން ކަމަށް އޭނާ ބުނެއެވެ.

your imageޝީލާ ގޮއިދޫގަައި——

މީގެ ކުރިން ވެސް އެތައް ފަހަރަކު ގޮއިދޫއަށް އާއިލާ ގޮވައިގެން ޗުއްޓީ ހޭދަ ކުރަން ޝީލާ ގޮސްފައިވެއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރާއްޖެ ލޮކްޑައުން ކުރި ދުވަސްވަރު ވެސް ޝީލާގެ އާއިލާ ތިބީ އެރަށުގައެވެ.

your imageގައިދޫގައި ޝީލާ ނަގައިފައިވާ ފޮޓޯއެއް

އަރާ ފޭބުން މަނާކުރުމުން އެރަށުގައި އެ ފަހަރު މަޑުކުރަން ޖެހުނު ގޮތަށް އެނބުރި މާލެ އައީ ތިން މަހަށް ވުރެ ގިނަ ދުވަސްކޮށްފައެވެ. އެ ދަތުރުގެ ތެރެއިން ވެސް ޝީލާ ވަނީ ތަފާތު ތަޖުރިބާތަކެއް ކޮށްފައެވެ.

83%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް