ads
ޕްރިޔަންކާ އާއި ކޯބީ އަދި އޭނާގެ އާއިލާ
ޕްރިޔަންކާގެ ޓްރިބިއުޓެއް ބާސްކެޓް ލެޖެންޑް ކޯބީއަށް!
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓާއި އޭނާގެ އުމުރުން 13 އަހަރުގެ ދަރިފުޅު ޖިއާނާގެ މަރާއެކު ކުޅިވަރުގެ އާއިލާއަށް މިވަނީ ހިތްދަތިކަމެއް ގެނުވާފަ އެވެ.

މިދަނޑިވަޅުގައި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިވަނީ ރޭ އޮތް ގްރޭމީ އެވޯޑު ހަފުލާގައި ބައިވެރިވެ ކޯބީއަށް ޓްރިބިއުޓެއް ދީފަ އެވެ. އެގޮތުން ޕްރިޔަންކާ ވަނީ އޭނާގެ ނިޔަފަތީގައި "24" ޖަހާފަ އެވެ. 24 އަކީ ކޯބީގެ ޖާޒީ ނަމްބަރެވެ.

އުމުރުން 41 އަހަރުގެ ކޯބީ އާއި އޭނާގެ ދަރިފުޅު މަރުވެފައި ވަނީ އެމީހުން ދަތުރުކުރަމުންދިޔަ ޕްރައިވެޓް ހެލިކޮޕްޓަރު ވެއްޓިގެންނެވެ. ޖުމްލަ ނުވަ މީހުން ދަތުރުކުރި އެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެންމެން ވެސް ވަނީ މަރުވެފަ އެވެ. 

ކޯބީ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ކެލިފޯނިއާގެ މަމްބާ ސްޕޯޓްސް އެކަޑަމީގައި އޮތް ބާސްކެޓް މުބާރާތަކަށް އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ދަނިކޮށް ކަމަށްވެ އެވެ. އެގޮތުން މި މިބާރާތުގައި ދަރިފުޅު ކުޅެން ހަމަޖެހިފައި އޮތްއިރު ދަރިފުޅުގެ ކޯޗަކީ ކޯބީ ކަމަށް ވެސް ވެއެވެ.

ވިހި އަހަރު އެމެރިކާގެ މަޝްހޫރު ބާސްކެޓް ޓީމު، ލޮސް އެންޖެލިސް ލޭކާސްއަށް ކުޅުނު ކޯބީ ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ ބާސްކެޓްގެ ދާއިރާގައި ރަން ވަނަތަކެއް ހޯދާފަ އެވެ. 

ދެހާސް ވަނަ އަހަރުގެ ތެރޭގައި ކައިވެނި ކުރި ކޯބީ މަރުވިއިރު އޭނާގެ އަންހެނުންނާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެގޮތުން އެންމެ ދޮށީ އަންހެން ދަރިފުޅުގެ އުމުރަކީ އަދި 17 އަހަރެވެ. ދެވަނަ ދަރި ކޯބީއާއެކު މި ހާދިސާގައި މަރުވިއިރު ތިންވަނަ ދަރިފުޅުގެ އުމުރުން އަދި އެންމެ ތިން އަހަރެވެ. އަދި އެންމެ ހަގު ކުއްޖާއަށްވީ ހަތް މަހެވެ. 

0%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް