ads
މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހްކުރުން.. ފޮޓޯ/ ޓްވިޓާ
މިފަހަރު މަރޮށިވެސް ދޫކޮށެއް ނުލި، 43.3 މިލިއަން ރުފިޔާގެ ބަނދަރެއް!
ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ކޮމަންޑޫ އާއި ޖެހިގެން އޮންނަ މަތި ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފެށީ ސީދާ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކަމަށް ބުނެ ސަރުކާރަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް އެ އަތޮޅު މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އިފްތިތާހް ކޮށްފިއެވެ.

ޖުމްލަ 43.3 މިލިއަން ރުފިޔާގެ އެ މަޝްރޫއު އިފްތިތާހް ކޮށްދެއްވީ އިއްޔެ، ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ މަޝްރޫއަކީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ  އެއް އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން މަރޮށީގެ ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން 202 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާ، ބޮޑު ހިލަ ޖަހައިގެން 131 މީޓަރުގެ ބޭރު ތޮށިލުމަށް ހަމަޖެހިފައި ވެއެވެ. 

މީގެ އިތުރުން އެ މަޝްރުއުގެ ދަށުން 416 މީޓަރުގެ އެއްގަމު ތޮށިލުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 20 މަގުބައްތި ހަރުކުރެވޭނެއެވެ.

ކޮމަންޑޫ އަދި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމުން އާންމުންގެ ގިނަ ބަޔަކު ފާޑު ކިޔަމުންދަނިކޮށް ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި  އިންތިހާބަކާއި ދިމާކޮށް ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަނީ ކަމަށް ސިފަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް