ads
ރައީސް ޔާމީން "އިންޑިޔާ އައުޓް" ހަރަކާތްތަކުގައި
"އިންޑިއާ އައުޓް" އަމާޒު ކުރަނީ އިންޑިއާ ޓީޗަރުންނަށް، ބިރުވެރިކަން ވަނީ އުފެދިފައި
"އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން، ސްކޫލްތަކުގައި ދަމާ ބެނާތަކުގެ ސަބަބަުން އިންޑިޔާ ޓިޗަރުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފއިެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބެނާތަކުގައި ލިޔެފައިވާ އިބާރާތްތަކަށް ބަލާއިރު ޢިބާރާތް ތަކަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަން ތަނުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުން ނަކަން ފާހަގަ ކުރެވޭ ކަމަށާއި، ސްކޫލް މަދުރަސާ ތަކަކީ ގިނަ އަދަދަކަށް ބިދޭސީ (އިންޑިއާ) ޓިޗަރުން ވަޒީފާ އަދާ ކުރަމުންދާ ތަން ތަނަށް ވެފައި، ސްކޫލް ސަރަހައްދު ތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަން ތަނު ގައި މަސައްކަތް ކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރި ކަން އުފެދިފައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ  މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެތިބެ ހިންގަމުން ގެންދާ "އިންޑިއާ-އައުޓް"ޙަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރު ތަކުގައި، އެއިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުންދާ ކަމަށާއި، އިންޑިއާ ޓީޗަރުންނަށް ބޭރު ތެރެއިން ފުރައްސާރަ ކުރުން އިތުރު ވެފައިވާ ކަމަށެވެ. 

މިގޮތުން، ވޭތުވެދިޔަ ހަފްތާ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ނ.އަތޮޅުގައި ކުރިއަށް ގެންދިޔަ ބައެއް ރޯލުތަކުގައި އެފަދަ ބެނާތައް ވަނީ ސްކޫލް ސަރަހައްދުގައި ހަރުކޮށްފައި ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

އަދި، ށ.ފުނަދޫގައި ކުރިއަށް ގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން ގޭގޭގެ ފާރު ތަކުގައި އެ އިބާރާތުން ލިޔަން ވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރު ތަކެއްނުވެ، ށ.އަތޮޅު މަދުރަސާގެ (ށ.ފުނަދޫ) ފާރުގެ ބޭރުގައި ވަނީ "އިންޑިއަން-އައުޓް" މި މޭރުމުން ލިޔެފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

އަދި އެފަރާތްތަކަށް އެތަން ތަނުގައި ރައްކާ ތެރިކަން ކަށަވަރު ކޮށްދިނުމަށް އެފަރާތް ތަކުން ސްކޫލް ތަކުގައި އެދެމުންދާ އިރު، ރާއްޖޭގައި މަސައްކަތް ކުރައްވާ އިންޑިއާ ޓީޗަރުންނަކީ އެފަރާތް ތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އުންގަންނައި ދިނުމުގެ ހިދުމަތުގައި ޒަމާނުއްސުރެން ހިދުމަތް ކުރަމުންދާ ބައެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ބިދޭސީ ޓީޗަރުން ހޯދުން ދަތިވެފައި ވުމާއި، އަދި ރާއްޖެ ގެނެވޭ ބިދޭސީ ޓީޗަރުން ނަކީ ދިވެހިން ލިބުން ދަތި މާއްދާ ތައް ކިޔަވައި ދިނުމަށް ގެނެވޭ ފަރާތް ތަކަށް ވާއިރު، މިފަދަ ޢަމަލު ތަކުގެ ސަބަބުން އެފަރާތް ތަކުން ވަޒީފާ ދޫކޮށް ދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލް ތަކުގެ ކިޔަވައި ދިނުމަށް ބޮޑެތި ގެއްލުން ތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުން ނަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހިދާނެ ކަމަށްވެސް ބުނެ ފައިވެއެވެ.

މިނިސްޓްރީން ބުނީ ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށު ދަރަޖައިގެ އަމަލު ތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުންގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުން ދިއުމަކީ އެ މިނިސްޓްރީން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާއި، އެފަދަ ކަންކަމުގައި ބައިވެރިވެ ހިއްވަރުދޭ ފަރާތްތަކުގެ ޢަމަލުތައް އެ މިނިސްޓްރީން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި، މި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސްކޫލް މަދުރަސާ ތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބުނެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް