ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ މަޖިލީހުގައި -- ފޮޓޯ: މަޖިލިސް
ސްކޫލް ޓީޗަރުންނަށް ގައިޑް އެޑިއުކޭޝަނުގެ ކޯސްތަކެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު
ސްކޫލް ތަކުގެ ޓީޗަރުންނަށް ހިލޭ ކޯސްތަކެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓަރީން ނިއްމައިފިއެވެ.

މިކޯސްތައް ތައް އިފްތިތާހް ކޮށްދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ އެވެ. 

މި ފަދަ ކޯސްތަކެއް ހިންގުމުގެ އެއްމެ ބޮޑު ބޭނުމަކީ ޓީޗަރުންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައި ދިނުމަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިކޯސްތަކުގައި ދިވެހިރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ބައިވެރި ވެވޭނެވެ. 

މިއީ އިނގިރޭސިވިލާތުގެ ގައިޑް އެޑިއުކޭޝަން އާ މިނިސްޓްރީ އާ ގުޅިގެން  ރާވާ ހިންގާ ކޯސް ތަކެވެ. 

ގައިޑް އެޑިއުކޭޝަން ނަމުގައި އޮންލައިން މުދައްރިސުން ތަމަރީން ކުރުމުގެ ބޭނުމުގައި ޑިޖިޓަލް ވަސީލަތްތައް އެއް ޕްލެޓް ފޯމަކުން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓް ފޯމެއް ކަމަށްވެސް މިނިސްޓަރީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް