ads
ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު
ރައީސް ސޯލިހު ދަންޖައްސަން ބުނި މައްސަލަ ބަލަން ފަށައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަންޖައްސާ މަރާލަން ޖެހޭ ކަމަށް ބުނި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސް ސޯލިހު ދަންޖައްސާ މަރާލަންޖެހޭ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ވަނީ އިއްޔެގެ ވަގުތެއްގައި ޓުވީޓު ކޮށްފައެވެ. އޭނާ އިއްޔެ ކުރި ޓުވީޓުގައި ބުނެފައިވަނީ، ގައުމަށް ގައްދާރުވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދީ އުޅޭ ހުކުމަކީ މަރުގެ ހުކުމްކަމަށާއި، އޭނާ ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި ރައީސް ސޯލިހު ދަންޖައްސާ މަންޒަރުކަމަށެވެ. 

މިކަމާއި ގުޅިގެން އެމްޑީޕީ އަދި ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ އެތައް ފަރާތަކުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިއީ ސިޔާސީ ވެގެން ގޮސް ކުރަން ހެޔޮ ވާނެ ކަންކަން ނޫން ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ، ރައީސް ސޯލިހު ދަންޖައްސަން ގޮވާލި މައްސަލަ އެއިދާރާއިން ބަލަން ފަށާފައި ވާކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް އެއިދާރާއިން އަރުވާފައި ނުވެއެވެ. 

ރައީސް ސޯލިިހު ދަންޖައްސަން ޖެހޭ ކަމަށް ޒާހިދު ކުރި ޓުވިޓާއި ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވުމުން ޒާހިދު ބުނީ ރައީސް ސޯލިހުު ދަންޖައްސަން ގޮވުމުން އެކަން ބަޔަކަށް ގޯސްވިއިރު، މީގެ ކުރިން ރައީސް ނަޝީދު އިސްވެ ހުންނަވާ ސިޔާސީ މީހުން ދަންޖައްސަން ގޮވި ގޮވުން ގޯސް ނުވުމުން އަޖައިބު ވާކަމަށެވެ. 

ޒާހިދު މީގެ ކުރިންވެސް ވަނީ އެފަދަ ޕޯސްޓުތައް ކޮށްފައެވެ. އެގޮތުން ރައީސް ސޯލިޙު ނަރަކައަށް ދާނެ ކަމުގެ ގެރެންޓީ އޮތްކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އަމާޒުވެގެން ދިޔައެވެ.

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް