ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހޮސްޕިޓަލްތަކުގެ 18 ޓެކްނީޝަނުން ތަމަރީން ކުރަނީ
Share
ދިވެހިރާއްޖޭގެ ހޮސްޕިޓަލް، ހެލްތް ސެންޓަރު ތަކުގައި މަސައްކަތްކުރާ 18 ޓެކްނީޝަނުންނަށް 3 މަސް ދުވަހުގެ އޮޓޮމޮޓޯވް މެއިންޓަނަންސް ޓްރެއިނިން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ހެލްތު މިނިސްޓްރީން ބުނީ މި ޓްރެއިނިންގެ ސަބަބުން ހޮސްޕިޓަލް ހެލްތް ސެންޓަރު ތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ފަންނީ ގާބިލްކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މިފަދަ ތަކެތީގެ މަރާމާތަށްދާ ޙަރަދު ކުޑަވެގެން ދާނެއެވެ.

your imageހެލްތު މިނިސްޓަރު

ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުންނަށް އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮޤްރާމް ހިންގުމަށްޓަކައި މިއެއްބަސްވުން ހަދާފައިވަނީ ހެލްތު މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލީޓެކްނިކްއާއި ދެމެދުއެވެ. 

މިއަދު ސޮއި ކުރެވުނު  މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް އެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް