ads
ވިޔަފާރި ބަނދަރުގެ ކޮންޓެއިނަރަކުން ވެހިކަލް އަކަށް މުދާ އަރުވަނީ
ޑިސެމްބަރު މަހު ކަސްޓަމްސްގެ އާމްދަނީ އަށް 364 މިލިއަން ރުފިޔާ ލިބިއްޖެ
ހުސްވި އަހަރުގެ ޑިސެމްބަރު މަހު ކަސްޓަމްސް އަށް 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ކަސްޓަމްސްއިން މިއަދު އާއްމު ކުރި ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާމްދަނީގެ ގޮތުގައި ކަސްޓަމްސް އަށް ލިބިފައިވަނީ، 296 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަސްޓަމްސް އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 364 މިލިއަން ރުފިޔާއެވެ. މިއީ 23 އިންސައްތައިގެ ކުރިއެރުމެކެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 327 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރެވުނު އިރު، 2020 ވަނަ އަހަރު އެކްސްޕޯޓް ކުރެވިފައިވަނީ، 457 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު، 28 އިންސައްތައިގެ ދަށްވުމެކެވެ. 

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރެވިފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވަނީ، 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 78 އިންސައްތައިގެ ކުރިއެރުމެކެވެ. 

ހުސްވި އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ، ޔޫއޭއީ އިންނެވެ. އެގައުމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ ރާއްޖެއަށް 713 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ. ލިސްޓުގެ ދެވަނައިގައި ޗައިނާ އޮތް އިރު އެގައުމުން އެތެރެ ކޮށްފައިވަނީ، 575 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއިން ރާއްޖެއަށް އެތެރެ ކޮށްފައިވަނީ، 504 މިލިއަން ރުފިޔާގެ މުދަލެވެ. 487 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށް ލިސްޓުގެ ހަތަރު ވަނައިގައި އޮތީ އޮމާން އެވެ. 

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް