ads
މަސްވެރިންގެ މުޒާހަރާއެއްގެ ތެރެއިން:--
މަސްވެރިކަން ރަނގަޅުވެ ދޯނިފަހަރު އަނެއްކާވެސް ކިއުގައި ވަގުތުތަކެއް
ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ދޯނިފަހަރު އަނެއްކާވެސް ކިއުއަށް އަރައިފިއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މީގެ މަހެއްހާ ދުވަސްކުރިން މަސްވެރިން ވަނީ މަސް ނުކިރި 36 ގަޑިއިރު ކިއުތަކުގައި މަޑުކުރަން ޖެހިފައެވެ. އެފަހަރު މިފްކޯއިން މަސްގަތުން ކޮންޓްރޯލު ކުރިއެވެ. 

ނަމަވެސް މިއަދު ބޯޓެއް ނެތިގެން ކިއުގައި މަސްވެރިން މަސްނުކިރި މަޑު ހައެއްކަގަޑިއިރު މަޑުކުރަން ޖެހިފައިވާކަމަށް ކިއުގައި ތިބި ބައެއް ދޯނި ފަހަރުގެ މަސްވެރިން ބުންޏެވެ.

ގދ. ތިނަދޫ ސަރަހައްދުގައި އާންމުކޮށް އޮންނަ، މަސްކިރާ ބޯޓެއް އެސަރަހައްދުގައި ނެތުމުގެ ސަބަބުން މިއަދު މެންދުރު ގާތްގަޑަކަށް ހަގަޑި އިރު ކިއުގައި ތިބި ދޯނި ފަހަރުގެ ފަޅުވެރިން އަޑުގަދަކޮށް ނުރުހުން ފާޅުކުރުމުން ކޫއްޑޫއިން ބޯޓެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށް މަސްވެރިން ބުނެއެވެ.

މީގެ މަހެއްހާ ދުވަސްކުރިން މިފަކޯއަށް މަސް ކިރުވާ އަދަދު ކޮންޓްރޯލް ކުރީ މުޅި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ މަހުގެ އަދަދު އިތުރު ވުމުންނެވެ.

އެފަހަރު މަސްވެރިަކން ރަނގަޅުވެ އެކުންފުނީގެ ސެންޓަރުތަކަށް ބާރުބޮޑުވުމުގެ ސަބަބަުން ކޮންމެ ދޯންޏަކުންވެސް ކިރަމުން ގެންދިޔައީ 5 ޓަނު މަހެވެ. 

މަސްކިރުމުގެ މައްސަލަތަކާ ގުޅިގެން މިފްކޯއިން ބުނީ، މަސްވެރިން ބާނާ މަސް ކޮންޓްރޯލް ނުކޮށް ކިރުވޭނެ ނިޒާމުތައް ގާއިމް ކުރުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިހާރު އެކުންފުނިން ފަށާފައިވާ މަޝްރޫއުތައް ނިމުމުން އެކަމަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް