ads
ކޮމަންޑޫ ކައިރިން ރިސޯޓަށް ހަދާ 3 ރަށް
ކޮމަންޑޫގެ 3 ރަށެއް ރިސޯޓް ހަދާ ރަށްތަކުގެ ލިސްޓަށް އިތުރުކޮށް އަލުން އިއުލާންކޮށްފި
ސަރުކާރުން މިދިޔަ އަހަރު އިއުލާންކޮށްފައިވާ ރިސޯޓު ހަދާ ރަށްތަކުގެ ލިސްޓަށް ކުއްލިއަކަށް ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގުޅިފައިވާ ތިން ރަށް އިތުރުކޮށް އަލުން އިއުލާން ކޮށްފި އެވެ.

ޓްއަރިޒަމް މިނިސްޓްރީން ވަނީ 10 އަތޮޅެއްގެ 18 ރަށެއްގައި ރިސޯޓް ހަދަން މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ހުޅުވާލާފައެވެ. 

މިއަދު ކުއްލިއަކަށް މިނިސްޓްރީން ކުރި އިއުލާންއެއްގައި ވަނީ މި ލިސްޓަށް ށ. އަތޮޅުގެ ތިން ރަށެއް އިތުރުކޮށްފައެވެ. އެއީ:

  1. ދިގުރަށް
  2. މެދުރަށް 
  3. މައިރަށް (ދިގުވެލިދޫ)

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން، އެ ތިން ރަށުގައި ތަރައްގީކުރާނީ 300 އެނދުގެ ރިސޯޓެކެވެ. އެ ތިން ރަށުގެ އެންމެ ދަށް އެކިއުޒިޝަން ކޮސްޓަކީ 1.2 މިލިއަން އެމެރިކާ ޑޮލަރު (18.5 މިލިއަން ދިވެހި ރުފިޔާ) އެވެ.

ށ. އަތޮޅުގައި މިވަގުތު ދެ ރިސޯޓު އޮވެއެވެ. އެއީ:

  • ޖޭ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

މި ރިސޯޓަކީ ށ. ވަގަރުގައި ތަރައްގީކޮށްފައިވާ 159 އެނދުގެ ރިސޯޓެކެވެ.

  • ސިއްރު ފެންފުށި ރިސޯޓް

މިއީ އެއަތޮޅު ގާކޮށިބީގައި ތަރައްގީކޮށްފައިވާ 68 އެނދުގެ ރިސޯޓެކެވެ.

ރިސޯޓު ހަދާ ރަށްތަކުގެ ލިސްޓަށް ށ. އަތޮޅުގެ ތިން ރަށެއް އިތުރުކޮށް އަލުން ބިޑިން ހުޅުވައިލިއިރު، ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި-އިލެކްޝަންގެ ކެމްޕެއިން އާއި ދިމާކޮށް ސަރުކާރުން އެ ދާއިރާގެ މަޝްރޫއުތައް އިއުލާންކުރަމުންދާތީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުންކަމަށް ބުނެ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް