ads
ކުޑަ ކުއްޖަކާއި ބެހުނު މައްސަލައިގައި އެކުއްޖާގެ ދޮންބައްޕަ ހައްޔަރު ކޮށްފި
މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ހައްޔަރު ކޮށްފި އެވެ.

އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފައި ވާއިރު، މިނިމުނު ހަފްތާގެ ތެރޭގައި އެކުއްޖާވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ދެވަނަ ފަހަރެވެ. 

އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ހިމާޔަތް ދިނީ އެކުއްޖާ ދިރިއުޅެމުންދާ މާހައުލަކީ ރައްކާތެރި މާހައުލެއްކަަމަށް ނުބެލެވޭތީއެވެ.

މީގެ ކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދިއެވެ. އޭރު އެކުއްޖާއަށް ކުޑަކަމުދިއުމަށް ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވުނެވެ. 

އެ ކުއްޖާއަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުގައި އެރަށު ސްކޫލުން ވެސް މައްސަލަތަކެއް ހުށަހެޅިއެވެ.

20%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް