ads
ފޮޓޯ: މެޓްރޯ ނިއުސް
ބިސް ފޮށިގަނޑަކަށް ލާފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި
ސައިބީރިއާގެ މައިނަސް 20 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށް ފިނިހޫނުމިނުގައި ބިސް ފޮއްޓެއް ތެރެއަށް ދޫކޮށްލާފައި އޮތް ތުއްތު ކުއްޖެއް ސަލާމަތް ކޮށްފިއެވެ.

އުމުރުން އެންމެ ތިން ދުވަސް ކަމަށް ބެލެވޭ މި ތުއްތު ކުއްޖާ ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ސޮސްނޮވްކާ ނަމަކަށް ކިޔާ ވިލެޖް ގެ ކައިރީގައި އޮންނަ ދުރު މަގެއްގެ މަތިންނެވެ. މި ތުއްތު ކުއްޖާ ފެނިފައިވަނީ އެސަރަހައްދުގައި ކުޅެން އުޅުނު ކުދިން ތަކަކަށެވެ.

އެ ކުދިންނަށް އެ ތުއްތު ކުއްޖާ ފޮށިގަނޑުގެ ތެރޭގައި އޮއްވަ ފެނުމުން ވަގުތުން ވަނީ އެކުދިންގެ ބެލެނިވެރިންނަށް ގުޅާ އެވާހަކަ ހިއްސާ ކޮށްފައެވެ. އެއާ އެކު އެ ބެލެނިވެރިން ވަނީ އެ ސަރަހައްދަށް ގޮސް ތުއްތު ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައެވެ. 

އެހާ ފިނީގައި ތުއްތު ކުއްޖާ އޮތުމުން ކޮންމެވެސް ވަރަކަށް ހާލު ދެރަވެފައި ވީނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

އަދި މި ކަން ކުރި ބަޔަކު ހޯދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާކަމަށާއި، އޮޕަރޭޝަން ހުއްޓާލާނީ، އެކަން ކުރި ބަޔަކު ހޯދުމަށް ފަހު ކަމަށް ފުލުހުން ބުނެފައި ވާކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް