ads
ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން 60 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުުގެ ފިރިހެން ކުއްޖަކާ މެދު ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން މިއަދުގެ ވަގުތެއްގައި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

މިފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރުން ވަރަށް ބޮޑަށް ލަސްކަމަށް ބުނެ އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް