ads
ރައީސް އޮފީސް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާގެ މެންބަރެއްގެ ގޮތުގައި އިންނެވި މެންބަރުގެ މަގާމު ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން ޓްރައިބިއުނަލަށް ގާނޫނީ ދާއިރާގެ މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށްވެސް އިއުލާންގައިވެ އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ފެބުރުވަރީ މަހުގެ ދޭއްވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންގެ ޝަރުތުތައް ވެސް މިއިއުލާންގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ރާއްޖޭގައި ގާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހަކު ކަމުގައި ވާން ޖެހެ އެވެ. އަދި މުސްލިމު ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، ސިޔާސީ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގައިވެ އެވެ. އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުމާއި، ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިވިލް ސާވިސް މުވައްޒަފެއް ކަމުގައި ނުވުމާއި، މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ މުވައްޒަފެއް ކަމުގައި ވެގެން ނުވާނެ ކަމުގައިވެސް އިއުލާންގައިވެ އެވެ. 

މީގެ އިތުރުން މިމަގާމަށް ކުރިމަތިލާ ބޭފުޅުންނަކީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ވެގެން ނުވާނެ ކަމުގައިވެސް އިއުލާންގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް