ads
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
389 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް 389 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވީ ޕްރައިމަރީގައި އެބޭފުޅުންނާ ވާދަކުރާނެ އިތުރު ބޭފުޅަކު ނެތުމުން ކަމަށެވެ. 

މުއިއްޒު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރު ކެންޑިޑޭޓުންގެ ތެރެއިން 381 ބޭފުޅަކު ކުރިމަތިލައްވަނީ ރަށު ކައުންސިލްތަކަށް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ތެރެއިން ހއ. އަތޮޅާއި، ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެއް ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އެ ބޭފުޅުންނަށްވެސް ޓިކެޓް މިހާރު ކަށަރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ ތެރެއިން ފުވައްމުލަކު ހުޅަނގު ދާއިރާއާއި މާލޭގެ މާފަންނު ހުޅަނގު ދާއިރާއާއި، މާފަންނު ހުޅަނގު އުތުރު ދާއިރާއާއި، މާފަންނު މެދު ދާއިރާ އާއި، ގަލޮޅު ހުޅަނގު ދާއިރާގެ އިތުރުން ހެންވޭރު އުތުރު ދާއިރާ އަށް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅަކު ކަމަށްވާތީ އެ ބޭފުޅުންނަށް ވެސް ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޅ. އޮޅުވެލިފުށްޓާއި ރ. މީދޫގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލުމަށް އެއްވެސް ބޭފުޅަކު ހުށަހަޅާފައެއް ނުވެ އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ހުރިހާ ގޮނޑިތަކަކަށް ވެސް އެޕާޓީގެ ކެންޑިޑޭޓުން ވާދަކުރުން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކު ނެތް ދާއިރާތައް ބަލައި، އެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނާ މަޝްވަރާކޮށްގެން ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ނެރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ. 

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 31ވާ ހުކުރު ދުވަހު އެވެ. އެމްޑީޕީން ބުނީ ވޯޓުލުން ކުރިއަށްދާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހެ އެވެ. މިއިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް