ads
ފޮޓޯ: ޢިންޑިއާ ނައު
މަރާލުމަށް ފަހު ހަށިގަނޑު އެއްލާލީ ފުލުހުންގެ އިދާރާ ކުރިމައްޗަށް
އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލައި އޭނާގެ ހަށިގަނޑު ފުލުހުންގެ އިދާރާގެ ކުރިމައްޗަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކެރެލާގެ ކޮޓަޔަމް ގައެވެ. އެ ޒުވާނާގެ ހަށިގަނޑު ފެނިފައިވަނީ، ކޮޓަޔަމްގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތިން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ޒުވާނާގެ މަރާއި ގުޅިގެން އެ އަވަށުގެ ފުލުހުން ބުނީ، މިއީ އެ އަވަށުގައި އޮންނަ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ.

ޒުވާނާގެ ހަށިގަނޑު ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްލާލާފައި ވަނީ ކޭޓީ ޖޮމޮން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ހަށިގަނޑު އެއްލާލުމަށް ފަހު ފުލުހުންގެ އިދާރާއަށް ވަދެ ބޭރުގައި ހަށިގަނޑު އޮންނާނެ ކަމަށް ބުނެފައެވެ. އެހެން ބުނުމަށް ފަހު ސްޓޭޝަނުން ފިލަން އޭނާ މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. 

19 އަހަރުގެ ޒުވާނާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އޭނާގެ އާއިލާއިން ބުނީ، އެ ޒުވާނާ ދަނޑަށް ދިއުމަށް ފަހު އެނބުރި ގެއަށް ނާންނަ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު އެ އަވަށުގައި އޮންނަ ގުރޫޕް ތަކަށް ކުރެވޭ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. 

23%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް