ads
ނޯރާ
ކޮވިޑްގައި ހާލުދެރަވި ނޯރާ ރަނގަޅުވުމާއިއެކު އަނެއްކާ ވެކޭއަށް!
މިފަހުން އޭނާ ކޮވިޑުން ރަނގަޅުވިކަން ހާމަކޮށްފައިވާއިރު މިހާރު އޭނާ ހުރީ ޗުއްޓީ ހަދަން ދުބާއީގައެވެ.

ދުބާއީ ދަތުރުގެ ތެރެއިން ރަށްޓެހިންނާއިއެކު މަޖާކުރާ އެތައް ވީޑިއޯތަކެއް އޭނާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ޑިސެމްބަރުގެ 30ވަނަ ދުވަހުއެވެ. 

އޭރު ނޯރާ ބުނެފައިވަނީ އޭނާގެ ހާލު ވަރަށް ގޯސް ކަމަށާއި އެނދުން ވެސް ނުތެދުވިފައިވާ ކަމަށެވެ. އަދި ގޭގައި ޑޮކްޓަރުން އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ.

ނޯރާ ކޮވިޑަށް ޕޮޒިޓިވްވުމާއެކު އޭނާގެ ފޭނުންނާއި ފިލްމީ ދާއިރާގެ ގިނަ މީހުންގެ އިތުރުން ރަހުމަތްތެރިން އަންނަނީ ބަލިން އަވަހަށް ރަނގަޅުވުމަށް އެދި ހެޔޮ ދުއާ ކުރަމުންކަމަށްވެސް އޭރު އޭނާ ބުންޏެވެ.

އޭރު ނޯރާ ވަނީ މިއީ ވަރަށް ވަރުގަދަ ބައްޔެއް ކަމަށާއި މި ބަލިން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ ރައްކާތެރިކަމެއް ކަށަވަރުކޮށްގެން ތިބެންޖެހޭ ކަމަށް ބުނެ ނަސޭހަތް ދީފައެވެ.

މިހާތަނަށް ގިނަ އައިޓަމް ސޯންގް ތަކަކުން ފެނިގެންދިޔަ ނޯރާގެ އެންމެ ފަހުން ނުކުތް ލަވަ އަކީ މި މަހުގެ ތެރޭގައި ނުކުތް "ޑާންސް މެރި ރާނީ" އެވެ. އެ ލަވައިގައި އޭނާ މާމެޑެއްގެ ރޯލުން ފެނުނު އިރު އެ ލަވަ ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް