ހުވާގެ ފޭސްބުކް ޕޭޖުގައި އެކަން އިއުލާނު ކުރި ނަމަވެސް އޭނާ ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޝާއިފު ވަނީ ގިނަ ޓިކްޓޮކް ވީޑިއޯ ތަކުން ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ވެބް ސީރީޒް އެއް ކަމަށްވާ "އެހެނަސް"ގެ ބައެއް އެޕިސޯޑު ތަކުން ވެސް ފެނިގެންގޮސްފައެވެ. އޭގެ އިތުރުން އައި ފިލްމްސްގެ ފިލްމެއް ކަމަށްވާ ”ނީނާ“ އިން ވެސް އޭނާ ފެނިގެންދާނެއެވެ.
ހުވާގެ ފުރަތަމަ ސީޒަން ފަދައިން ދެވަނަ ސީޒަނުގައި ވެސް ފެނިގެންދާ މައިގަނޑު ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި ރިޝްފާ އާއި އިރުފާނާ އިބްރާހީމާއި އާރިފާ އިބްރާހީމާއި ރޯނު ހަސަން މަނިކު ހިމެނެއެވެ.
ސީޒަންގެ ދެވަނަ ބައިގައި ބައެއް ކެރެކްޓަރުންގެ ބަދަލުވެފައިވާއިރު ފުރަތަމަ ބައިން ފެނުނު ރަވީ ފާރޫގުގެ ބަދަލުގައި ދެވަނަ ސީޒަރުގައި އެރޯލުން ފެނިގެންދަނީ އަބްދުﷲ މުއާޒް (މުއާ) އެވެ. ދެވަނަ ސީޒަނުގައި އާ ކެރެކްޓާތަކެއް ވެސް ތައާރަފުވެގެންދިޔައިރު އޭގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) ފެނިގެންދާނެއެވެ.
"ހުވާ" ސީޒަން ދޭއްގައި 70 ވަރަކަށް އެޕިސޯޑް ހިމެނޭނެއިރު ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.