ads
އެފްއޭއެމްގެ ރައީސް ބައްސާމް
އަށް ކްލަބުން ގަވައިދާ ޚިލާފުވިއިރު އެފްއޭއެމް ހިމޭނުން
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އަށް ކްލަބުންވެސް މުބާރާތުގެ ގަވައިދާ ފާޅުގައި ޚިލާފުވިއިރުވެސް އެފްއޭއެމްއަކަށް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ.

ރާއްޖޭގެ އެންމެ ޝަރަފުވެރި، އަދި އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން މިއަހަރު ފަށައި، މިހާރު މުބާރާތް ނިމުމަކާހަމައަށް ގޮސްފައިވާއިރު ކްލަބުތަކުން މުބާރާތުގެ ގަވައިދާ ޚިލާފުވީ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކޮށްގެނެވެ. ކްލަބުތަކުން ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރީ ފާޅުގައެވެ. އަދި އެކަމުގައި އެފްއޭއެމުންވެސްވަނީ ކްލަބުތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ނުކެރިފައެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގަވައިދުގެ ސައްބީސްވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ، މުބާރާތުގެ ކޮންމެ މެޗެއްގެ ކުރިންނާއި މެޗަށް ފަހު އޮންނަ ޕްރެސް ކޮންފަރެންސްއަށް ޓީމުގެ ކޯޗު ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ޕްރެސްއަށް ހާޒިރު ނުވާ ކްލަބުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ގަވައިދުގައި ބުނެފައިވާއިރު ބައެއް ކްލަބުތަކަށް މިހާރު މުބާރާތް ނިމިއްޖެއެވެ. އެކަމަމު އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނެތެވެ. 

މި މުބާރާތުގެ ކޮންމެ މެޗެއްގެ ކުރިންނާއި މެޗު ނިމުމުން އޮންނަ ޕްރެސް ކޮންފަރެންސްގައި ޓީމުގެ ކޯޗު ހާޒިރުވެ މީޑިއާއަށް މައުލޫމާތު ދޭން ޖެހޭނެއެވެ. އަދި މެޗުގެ ފަހުން އޮންނަ ޕްރެސްއަށް ޓީމުގެ ކޯޗާއި އެކު އެފްއޭއެމުން އަންގާ ކުޅުންތެރިއަކު ހާޒިރުވާން ޖެހޭނެއެވެ.

ގަވައިދުގައި މިހާ ސާފުކޮށް ބުނެފައި އޮތް ކަމެއްކުރުމަށް ކްލަބުތަކުން ދެކޮޅު ހެދި އިރު އެފްއޭއެމަށް ކުރެވުނު ކަމެއް ނެތްތާނގައި އެފްއޭމުން އެކަމުގައި ސީދާ ގޮތުން ބައިވެރިވީ ކަމަށްވެސް ނޫސްވެރިން ތުހުމަތު ކުރެއެވެ. އެފްއޭއެމުންވަނީ ޕްރެސް ކޮންފަރެންސްގައި ވަކި މީޑިއާއެއް ބައިވެރިނުވާން އެދިފައެވެ. އަދި އެފްއޭމުންވަނީ އާއްމު އުސޫލާ ހިލާފަށް ބައެއް ކްލަބުތަކުން ބޭނުންވެގެން ރެޖިސްޓަރޑް މީޑިއާއަކަށް ފުރުސަތު ނުދީ، ދަނޑުގެ ޕިޗް އޭރިއާގައި ޕްރެސް ކޮންފަރެންސް ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް