ads
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް އުޅޭ ފަރާތްތަކެއް--
މާޗް އުމްރާގައި ބައިވެރިވެ ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން!
މިއަހަރުގެ މާޗު އުމްރާގައި ބައިވެރިވެގެން ހައްޖު ދަތުރެއް ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުވާލި ޕްރޮމޯޝަނުގެ މުއްދަތު ހަމަވާން ގާތްވެއްޖެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 2020 ވަނަ އަހަރުގެ މާޗް އަދި ރަމަޟާން ޢުމްރާއަށް ދާ ފަރާތްތަކަށް ކަމަށާއި އެގޮތުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 2020 ގެ މާރޗް އަދި ރަމަޟާން ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ނެގޭ ގުރުއަތުލުމަކުން މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތެއް ހޮވާ އާންމުކޮށް އިޢުލާންކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މާޗު އުމްރާގައި ބައިވެރިވެގެން ހައްޖު ދަތުރެއް ހޯދުމަށް ހުޅުވާލި މުއްދަތު ހަމަވާނީ މިމަހުގެ 31 ގަ އެވެ. އަދި 15 ދުވަހުގެ އެ އުމްރާގެ އަގަކީ 22,965 ރުފިޔާ އެވެ.

ނަސީބުވެރި ފަރާތައް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިނާމަކީ މިއަހަރު، އެހީތެރިއެއްގެ ގޮތުގައި ހައްޖަށް ދިޔުމުގެ ފުރުސަތެވެ.

ޕްރޮމޯޝަނުން ހޮވުނުކަން އެ ކޯޕަރޭޝަނުން އަންގާތާ 10 ދުވަސްތެރޭ އެ ޕްރޮމޯޝަންގެ ދަށުން 1441 ވަނަ އަހަރުގައި ޙައްޖުގެ އެހީތެރިއެއްގެ ގޮތުގައި ދިޔުމަށް ގަސްތުކުރާ، ޝަރުތު ހަމަވާ ފަރާތެއްގެ ނަމާއި، އައި.ޑީ.ކާޑު ނަންބަރު އަދި ފޯނު ނަންބަރު އެ ކޯޕަރޭޝަނަށް އަންގަންވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި އެހީތެރިއެއްގެ ގޮތުގައި ދިޔުމަށް ނަން ފޮނުވާފައިވާ ފަރާތް ކަށަވަރުވާނީ އެ ކޯޕަރޭޝަންގެ އިންޓަރވިއު ޕެނަލްއަކުން އިންޓަރވިއު ކުރުމަށްފަހު އެ އިންޓަރވިއުއިން ފާސްވެގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެގަ ޕްރޮމޯޝަންގައި ހޮވި، އެހީތެރިއެއްގެ ގޮތުގައި ޙައްޖު ދަތުރުގައި ބައިވެރިވާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

- އުމުރުން 55 އަހަރުން މަތީގެ ބޭފުޅަކަށް ނުވުން.

- 45 އަހަރުން ދަށް އަންހެން ބޭފުޅެއްނަމަ ޙައްޖަށް ވަޑައިގަންނަވާ އަހަރު ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކަވާ ޖާގަ ކަށަވަރުކޮށްފައިވާ މަޙްރަމެއް ހުރުން.

- ރަނގަޅު ޞިއްޙަތެއްގައި ހުރި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ގިނަވަގުތު މަސައްކަތުގައި ބުރަކޮށް އުޅެވޭ ބޭފުޅެއް ކަމުގައިވުން.

- މީހުންނާއި ގުޅިގެން ދެވޭ އިރުޝާދުތަކާއި އެއްގޮތައް މަސައްކަތް ކުރެވޭ ބޭފުޅެއް ކަމުގައިވުން.

އޭގެ އިތުރުން އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 4 ބޭފުޅުން ނުވަތަ އެއަށްވުރެ ގިނަ ބޭފުޅުން އެއްފަހަރާ ރަޖިސްޓްރީ ކުރާ ފަރާތްތަކަށާއި، އުމްރާ ދަތުރުތަކުގައި ބައިވެރިވާ ކުޑަކުދިންނަށް ވަރަށް ހާއްސަ ޑިސްކައުންޓް ޕެކޭޖް ތަކެއްވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.

- ހަތަރު މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންދާނަމަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ޑިސްކައުންޓެއް.

- ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް 1000 ރުފިޔާގެ ޑިސްކައުންޓެއް.

- ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ގޮވައިގެން ހައްޖަށްދާނަމަ އެކުއްޖާގެ މުޅި އުމްރާއަށް ދައްކަން ޖެހޭނީ 5000 ރުފިޔާ.

- ހައްޖު ކޯޕަރޭޝަނުންދޭ އުމްރާ ކިޓް ނުނަގާނަމަ، 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ.

ހައްޖު ނުވަތަ އުމްރާ ކިޓްގައި ހިމެނެނީ ފޮށި، އަތްދަބަސް، ޓޮއިލެޓްރީ ބޭގް، އުނަގަނޑު އަޅުވާ ދަބަސް، ފައިވާންލާ ކޮތަޅު، ދުއާ ކާޑް، ހައްޖު ފޮތް ނުވަތަ އުމްރާ ފޮތެވެ. އަދި މީގެ އިތުރުންވެސް ފިރިހެން ބޭފުޅުންނަށް އިހްރާމް އަދި އަންހެން ބޭފުޅުންނަށް ކަޅު ފޮތި އަދި ބުރުގާ ލޯގޯ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް