ads
މާޒިޔާ- ވެލެންސިޔާ މެޗުގެ ތެރެއިން
ޕްރެޒިޑެންޓްސް ކަޕް: ބަލިވިޔަސް މާޒިޔާ ފައިނަލަށް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ ވެލެންސިޔާ އަތުން ބަލިވިނަމަވެސް މުބާރާތުގެ ފައިނަލުން މާޒިޔާއަށް ޖާގަ ލިބިއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު، ރ. އަލިފުށީގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މާޒިޔާ ނުކުންނާނީ ވެލެންސިޔާއާ ދެކޮޅަށެވެ. މާޒިޔާ ފައިނަލަށް ދިޔައީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ވެލެންސިޔާއެވެ. ވެލެންސިޔާއާ މާޒިޔާ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ވެލެންސިޔާ މޮޅުވީ އެއް ލަނޑު ސުން ލަނޑުނެވެ.

އާދިއްތަ ދުވަހުގެ ފައިނަލް މެޗު ވެގެންދާނީ މި ސީޒަންގައި މާޒިޔާއާ ވެލެންސިޔާ ކުޅޭ ތިންވަނަ މެޗަށެވެ. ފުރަތަމަ މެޗަކީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗެވެ. އެ މެޗުން މާޒިޔާ މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް