ads
އިންޑިޔާގައި އެއްދުވަހަކު 3 ލައްކަ މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި
އިންޑިއާގައި 24 ގަޑިއިރު ތެރޭ 3 ލައްކަ މީހުން ޕޮޒިޓިވް ވެއްޖެ
24 ގަޑި އިރުތެރޭ އިންޑިޔާގައި 3 ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި އެ ގައުމުގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. 

ބުރާސްފަތި ދުވަހު ހެނދުނު ހެލްތު މިނިސްޓްރީން އާންމުކުރި ޑޭޓާތަކަށް ބަލާއިރު، އެ ގައުމުގައި އެއް ދުވަހުގެ ތެރޭ 3،17،532 އާ އިންފެކްޝަން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެއިއްޔެ އިންޑިއާއިން ވަނީ ކޮވިޑުގެ ސަބަބުން އިތުރު 491 މީހުން މަރުވެފައެވެ. މުޅި ގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 4،87،693 އަށް އަރާފައެވެ. އަދި އެގައުމުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 93،051 އިން 19،24،051 އަށް ވަނީ އިތުރުވެފައެވެ. 

އެގޮތުން ކޮރޯނާވައިރަހުގެ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އިންފެކްޝަން ޖެހޭ މީހުންގެ އަދަދު ވަނީ 9287 އަށް އަރާފައެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ. މި ބޮޑު ރާޅު އެރުމުގެ ފަހަތުގައި ވާ ސަބަބަކީ ކޮރޯނާވައިރަހުގެ އާ އޮމިކްރޯން ވޭރިޮއަންޓެވެމިމަހުގެ މަހުގެ 14 ވަނަ ދުވަހުވެސް އިންޑިއާއިން ގިނަބަޔަކަށޤވަނީ ކޮވިޑް ޖެހިފައެވެ. އެދުވަހު، އެގައުމުން 2،64،202 މީހުންނަށް އަލަށް ކޮވިޑް-19 ޖެހި، 315 މީހުން ވަނީ މަރުވެފައެވެ. ރާއްޖޭގައިވެސް އިއްޔެ ކޮވިޑް ޖެހުނު މީހުންގެ އަދަދު އުޅެނީ 2000 އިންމަތީގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް