ads
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު
އައްޑޫ ސިޓީގައި 4.5 އެމްޑަބްލިއުޕީ ސޯލާ ޕީވީ ނިޒާމެއް ގާއިމް ކުރަނީ
އައްޑޫ ސިޓީގައި ޕަވާ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) ގެ ދަށުން ގާއިމްކުރެވޭ 4.5 އެމްޑަބްލިއުޕީ ސޯލާ ޕީވީ ނިޒާމް ގާއިމް ކުރަން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ، މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭ އެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކަމަށާއި، މިއީ ވޯލްޑް ބޭންކް ފަަދަ ޑޯނާ އެޖޭންސީއެއްގެ އެހީ އާއި ނުލާ ކުރިއަށް ގެންދެވޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި 2 އެމްޑަބްލިއުޕީ ގެ ސޯލާ ޕީވީ ބެޓާރީ ސްޓޯރޭޖް ސިސްޓަމާއި އެކު ހަރުކުރެވިގެން ދާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2.5 އެމްޑަބްލިއުޕީ ސޯލާ ޕީވީ ހަރުކުރެވިގެން ދާނެއެވެ. 

މީގެ އިތުރުން ފެނަކައިން ބުނީ، ހުޅުމީދޫގައަ އިންސްޓޯލްކުރެވޭ ސޯލާ އިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދެވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓު ގެ ( އެއަރޕޯޓްގެ ޔޫސޭޖް) 100 އިންސައްތަ އެ ތަނުގައި ގާއިމްކުރެވޭ 2.5 އެމްޑަބްލިއުޕީ ސޯލާ ނިޒާމުން އުފައްދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ. މިއާއި އެކު ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާ ޕަވާޑް އެއާޕޯޓަށް ވެގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓަރު ޑީސަލް އެންދުން މަދުކުރެވޭނެ ކަމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަން ޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް