
މިފަދަ ވާހަކަ ތަކަކީ ބައެއް އަންހެން ކުދިންނަށް ދައްކަން އުނދަގޫ ވާހަކަ ތަކެއްކަމުގައި ވިޔަސް، ބައެއް އަންހެން ކުދިން އެކި އުމުރުތަކުގައި ދިމާވާ މިފަދަ ފިރިހެނުންގެ ސަބަބުން ހިތުގައި އުފެދިފައިވާ ވޭން ބޮޑުވެ، ބޮޑު ބައްޔަކަށް ވެސް މިކަން ވަނީ ވެގެން ގޮސްފައެވެ.
ފިރިހެނުންނާއި ދިމާވާ ހިސާބު:
ބޮޑުވެ ތަސައްރަފް ފުދި ކޮންމެ އަންހެން ކުއްޖަކު ވެސް ފިރިހެނުންނަށް ހިތް އެދޭނެ އެވެ. އެގޮތުން ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް އުތުރިއަރާ ކޮޅުންލާ ހިސާބަށް ވެސް ބައެއް އަންހެން ކުދިން ދެވެ އެވެ. ދިމާވާ ފިރިހެނަކަށް އިތުބާރު ކުރެވި ލޯބީގެ އެތައް މަރުހަލާތައް އޭނާ ކަޑައްތު ކުރާނެ އެވެ. މިހާލަތުން އެފަދަ އަންހެން ކުއްޖަކަށް އަރައިގަނެވޭނީ ހިތް އެދޭ ބައިވެރިޔާ ކާމިޔާބު ކޮށްފައި ކަމަށް އެ އަންހެން ކުއްޖާގެ ހިތް ބުނާނެވެ.
ފުރަތަމަ ލޯބިވާ އާ ވަކިވާ ހިސާބު:
މިއީ އަންހެން ކުއްޖަކަށް ދިމާވާ އެންމެ އުނދަގޫ ހާލަތެވެ. އޭނާ އަބަދު ވެސް އެދެމުން ދާނީ ފިރުމުމާއެކު އޯގާތެރި އަތެއްގެ ވެރި ފިރިހެނަ ކަށެވެ. ނަމަވެސް ފިރިހެނުންގެ މިޒާޖު ހުންނަށް ގޮތުން ބޭރު ފުށުން ރީތި ފަރި ހިނގުމެއް ލިބިފައިވާ އަންހެނުންނަށް ހިތްލެނބި ކުރީގެ ލޯބިވެރިޔާ މަތިން ފޫހިވެ، ވެގެން އުޅޭ ގޮތް ބުނެ ދިނުމުގެ ބަދަލުގައި، އަބަދުވެސް އާ އެއްޗެއް ހޯދުމަށް އެމީހުން މަސައްކަތް ކުރާނެއެވެ.
އެހާ ހިސާބުން ބަދަލު ހިފުމުގެ ރޫހު:
ކިތައްމެ ރަނގަޅު އަންހެން ކުއްޖެއް ކަމުގައި ވިޔަސް އޭނާގެ ހިޔާލު މުޅިން ބަދަލުވެ، މަގު އޮޅި އޭނާ އޭނާގެ ހިޔާލު ބޮޑުވެ، ބޮޑު ވިސްނުމަކަށް ދާނެ އެވެ. އެވިސްނުމުގެ ތެރެއިން ހަޔާތުގައި ވަގުތު ހުސް ކުރާކަށް އޭނާ ބޭނުމެއް ނުވާނެ އެވެ. އަނެއްކާ ވެސް އިތުރު ބައިވެރިއަކު ހޯދުމުގެ ވިސްނުން އައިސް ކާކުތޯ ބެލުމެއް ނެތި ވެސް ހަޔާތައް ފިރިހެނަކު ގެންނަން މަސައްކަތް ކުރާނެ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ، ލޯތްބެއް ކަމެއް، ކެއްސެއް ކަމެއް ނޭނގި އަނދިރި ހާއްޔެއްގެ ތެރެއަށް އޭނާ ގެނބިގެން ދާނެއެވެ. ބޭނުން ގޮތަކަށް ބޭނުން ކުރުމަށް ފަހު އޭނާ ދުރައްލާނެެ އެވެ.
އިތުބާރު ގެއްލި މާޔޫސް ކަމުގައި:
އިތުބާރު ގެއްލި މާޔޫސް ކަމުގައި އޭނާ ހޭދަކުރަމުން ދިޔަ ނަމަވެސް އޭނާ ތަބީއީ ގޮތުން ހިތުގައި އުފެދިފައިވާ ބާރުގެ ސަބަބުން ކޮންމެ ވެސް ފިރިހެނަކު އޭނާގެ ޙަޔާތަށް ގެންނަން އެދޭނެ އެވެ. އެހާ ހިސާބަށް ދާއިރު، ގިނަ ފަހަރަށް އޮންނަނީ ކައިވެނި ކުރެވޭ ހިސާބު ގައެވެ. އަދި އެއީ ކާކުތޯ ވެސް ބަލާލުމަކަށް ބޭނުން ނުވާނެއެވެ.
ކައިވެނިން ހިތިވާ ހިސާބު:
ކައިވެނީގައި ކާކުތޯ ބެލުމެއްނެތި އިނދެވޭ ފިރިހެނަކީ ހަޔާތަށް ވަރަށް ރަނގަޅު މީހެއް ކަމުގައި ވެސް ވެދާނެ އެވެ. ނަމަވެސް ކައިވެނީގެ ފޮނިރަހަ އަށް ކޮންމެ އަންހެނަކު ވެސް އެދޭނެ އެވެ. ހަމައެކަނި ފިރިހެނެއްގެ ފަރާތުން އަންހެނަކު ބޭނުން ވާނީ ލޯތްބާއި އަޅާލުންކަން ގިނަ ފަހަރަށް ފިރިހެނުން ހަނދާން ނެތޭނީ ކައިވެނި ކުރެވޭ ހިސާބުންނެވެ.
ކައިވެނީގައި އުޅެން މަޖުބޫރު ވުން:
ބަައެއް އަންހެނުން އޭނާއަށް ކުރެވުނު ކައިވެނީގައި ދެމި ހުންނަން ބޭނުން ވާނެ އެވެ. ހިތް މަޖުބޫރުކޮށް އޭނާ ވަގުތު ހޭދަ ކުރާނެ އެވެ. ހިތް އަނދައަދާ ހުންނަ ހާލުގަ ވެސް މެއެވެ. އޭރު އެތައް ދަރިންނެއް ވާނީ ލިބިފައެވެ. އެދަރިންނަށްޓަކާ އޭނާ ބޭނުން ވާނީ މަޖުބޫރު ކައިވެނީގައި ދެމި ހުންނާށެވެ. މަޖުބޫރު ހަޔާތުން އަރައިގަނެވޭނެ، އެއްވެސް ގޮތެއް އޭނާ އަށް ނުފެންނަ ހާލުގަ އެވެ.
ބޭނުން ނުވިޔަސް ނަހަމަ ގުޅުމެއް:
ގިނަ އަންހެނުން މިފަދަ ގުޅުމަކަށް ބޭނުން ނުވާނެ އެވެ. ނަމަވެސް އަނެއްކާ ވެސް ދިމާވަނީ ހަމަ ފިރިހެނަކާ އެވެ. އޭނާ ކުޑަހިދުކޮޅެއްގެ ތެރޭގައި އެފަދަ އަންހެނުންގެ ހިތް އަތުލާނެ އެވެ. އެ ފަދަ އަންހެނަކާ ގުޅެނީ ނަހަމަ ގުޅުމެއް ހިންގާ ކަށެއްނޫނެވެ. ނަމަވެސް އަމިއްލަ އެދުމުން ފޯވެފައިވާ ފިރިހެނުން ވަގުތީ މަންޒިލުން އޭނާ ޝިކާރަ ކުރާނެ އެވެ.
މިފަދަ އަންހެނުން ހިތުގައި އުފެދިފައިވާ ބޮޑު ސުވާލު:
އޭޭނާ ހިތަަށް އަރާނެެ އެވެ. މި ދިރިއުޅުމުން ދާނީ ދުރަަށް ހެއްޔެވެ. އެތައް ދަރިންނެއް އެބަ ތިއްބެވެ. އެދަރިންގެ ހައްގުގައި މަޑުކުރާނީތޯ އެވެ. ނޫނީ ހިތް އަަނދާއަަދާ ހުރި ހާލު ނަފްސު ގުރުބާން ކުރާނީީ ތޯ އެވެ. ރަނގަޅު ގޮތަކީ ކޮޮބައި ކަމެއް އޭޭނާ އަކަށް ނޭނގޭނެވެ. އޭނާއަށް އޮތީ ހަމައެކަނި ވިސްނުމާއި ފިކުރެވެ. މިފަދަ އަންހެނުންގެ މިސާލަކީ ވީރާނާވެ ރެނދުއަޅާފައިވާ، ފާރެއްގެ މިސާލެވެ.
މި ހާލަތުގައި އޮތް އެންމެ ރަނގަޅު ހައްލު:
ނަމާދު ކުރާށެވެ. ގުރުއާން ކިޔަވާށެވެ. ޒިކުރު ކިޔާށެވެ. ހެއްދެވި ފަރާާތަށް އަޅުކަން ކުރުމުގައި ދެމިި ހުންނާށެވެ. ވަގުތީ އުފަލަށް އެދިގެން އަންނަށް، ބައިވެރިންނަށް ނޫނެކޭ ބުނާށެވެ. ކެތްތެރިންނަށް ލިބޭ މޭވާ ފޮނިވާނެއެވެ.