ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، އެރަށުން އިއްޔެ އެކަނިވެސް 39 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެރަށުން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ، 437 އެވެ.
ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ވާއިރު، އެރަށުގައި އެކްޓިވް 40 ކޭސް މިވަގުތާއި ހަމައަށް އެބަ ތިއްބެވެ.
ރަށް މޮނީޓަރިންގެ ހާލަޔަށް ގެނައުމާއި ގުޅިގެން އެރަށު ކައުންސިލގެ ރައީސް އަލީ ރަޝީދް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުގެ 74 ގެ އެއް މިވަގުތު މޮނީޓަރިން އަށް ގެނެވިފައި ވާކަމަށެވެ. އަދި އެ ގެތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ކައުންސިލާއި ކޮވިޑް ޓާސްކް ފޯހާއި ގުޅިގެން ފޯރު ކޮށްދެމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
ދިއްދޫ އާއި ގުރައިދޫ ހިމެނޭހެން ރާއްޖޭގެ 16 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ވެއެއެވެ.
މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ރައްތަށް:
ކ. މާފުށި
ހއ. އިހަވަންދޫ
ހދ. ނެއްލައިދޫ
ލ. ފޮނަދޫ
ހދ. ނޮޅިވަރަންފަރު
ށ. ފުނަދޫ
ބ. ދަރަވަންދޫ
ދ. ބަނޑިދޫ
ލ. ގަން
ގދ. ގައްދޫ
ރ. އުނގޫފާރު
ހދ. ހދ. ހަނިމާދޫ
ކ. ގުރައިދޫ
ބ. އޭދަފުށި
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 110,931 އަށް އަރާފައެވެ.
މި ބަލި ޖެހިފައިވާ 10,537 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 43 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.