ads
ބޮޑީގާޑް ތަމްރީން ކޯހުގެ ތެރެއިން: ފޮޓޯ/ސިފައިން
43 މީހަކު ބޮޑީގާޑުންގެ ގޮތުގައި ތަމްރީން ވެއްޖެ
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިިފިއެވެ.

އެމްއެންޑީއެފްގެ އެކި ދާއިރާތަކުގެ ސިފައިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގައި ޖުމްލަ 45 ސިފައިން ބައިވެރި ވިއެވެ. މި ކޯހުގައި ބައިވެރިވި ޖުމްލަ 45 ސިފައިންގެ ތެރެއިން 43 ސިފައިން ވަނީ ކޯހުން ފާސްވެ، ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

އޮކްޓޯބަރު 9 ވަނަ ދުވަހު ފެށި 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ ތަމްރީން ތައް ކުރިއަށް ގެންގޮސް ފައި ވަނީ ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓާޒް، ސ. ގަމު ގައެވެ.

ތިން މަހުގެ މުއްދަތަކަށް ހިންގި މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ވެޕަން ޓްރެއިނިން، ބޮޑީގާޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިން، ކޮންޓެކްޓް ޓެކްނިކްސް، ވޯޓަރމެންޝިޕް، އަދި އެމަރޖެންސީ މެޑިކަލް ކެއާ ހިމެނޭ ކަމަށް އެމްއެންޑީ އެފްއިން ބުނެއެވެ.

ކޯހުގެ "ފިޓަސްޓް އެވޯޑް" ހާސިލްކޮށްފައިވަނީ ޕްރައިވެޓް މުހައްމަދު މުނީފެވެ. އަދި 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ "އޮނަރ ގްރެޖުއޭޓް އެވޯޑް" ހާސިލް ކޮށްފައިވަނީ ޕްރައިވެޓް ހަސަން އަޒުވަރު ކަމަށާއި، އަދި އޭނާ ވަނީ ކޯހުގެ "ބެސްޓް ޝޫޓަރ އެވޯޑް" ވެސް ހާސިލްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޖަނަވަރީ 21 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ސ. ގަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އެމްއެންޑީއެފްއިން މި ކޯހުގައި ބައިވެރިވި ދަދިވަރުންގެ ތެރޭގައި، ޕްރެޒިޑެންޝަލް ގާޑްސްއާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި، އެމްޑީޔޫ ތިނެއް އާއި، މިލިޓަރީ ޕޮލިހާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަދި އާޓްސް އެންޑް ސެރެމޯނިއަލް ސާވިސް އަށް ނިސްބަތްވާ ސިފައިން ހިމެނެއެވެ.

13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގައި ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

13%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް