ads
އޭޑީކޭ ހޮސްޕިޓަލް--
އޭޑީކޭގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓުވައިފި
އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން އެ ހޮސްޕިޓަލުން ހުއްޓުވައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ ކޯވިޑް19 އަނެއްކާވެސް ހަލުއިކަމާއެކު ފެތުރެމުން ދާތީ، ޢާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށްޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް މިހާރު އަޅަމުން ގެންދާ ކަމަށެވެ.

އެހެންކަމުން، ކޯވިޑް19 ގެ ޙަލާތުގޯސްވުމާ ގުޅިގެން މާދަމާއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުން ކައިރިޔަށް ޒިޔާރަތްކުރުން ހުއްޓާލާނެވާހަކަ ކަމަށެވެ. އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި މަޑުކުރެވޭނީ އެންމެފަރާތަކަށް ކަމަށާއި، އެމީހަކީ ކޯވިޑް19 ގެ އަލާމާތެއް ނެތް މީހަކަށްވާންވާނެ ކަމަށްވެސް އެ ހޮސްޕީޓަލުން ބުނެއެވެ.
އެހޮސްޕިޓަލުގެ އިލްތިމާސްއަކީ، ކޯވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުން ކަމަށާއި، އެގޮތުން، ކޮންމެހެންވަޑައިގަންނަވަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަތުމާ، ހޮސްޕިޓަލަށް ވަޑައިގަންވަން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަނިވަޑައިގަތުން، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެންނެވުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާހާލަތްތަކުގައި ރަނގަޅުގޮތުގައި މާސްކު އަޅުއްވާ، ހޮސްޕިޓަލުގެ އެކި ސަރަޙައްދު ތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުންކުރެއްވުމަށްވެސް އިލްތިމާސް ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް