ads
ގޯނބިލި
ގޯނބިލި: ހަަމައެކަނި ކާ ކެއުމެއް ނޫން!
ގޯނބިލި އަކީ ބިލަމަގު ގަހާއި ވައްތަރު އެއަށްވުރެ މައްޗަށް ހެދޭ ގަހެއްގައި އަޅާ ވަށްކޮށް، ފަތިކޮށް ފިތްފިތް ހުންނަ މޭވާ އެކެވެ. އިނގިރޭސި ބަހުން މިއަށް ކިޔަނީ “ސްޓާ ގޫސްބެރީ”އެވެ.

ގޯނބިލި ގަސް އާންމުކޮށް ހެދެނީ 9-2 މީޓަރާއި ދެމެދުގެ އުސްމިނަށެވެ. ގޯނބިލި ގިނައިން އަޅަނީ ކޯނި ކޯންޏަށް ވާގޮތަށެވެ. އަދި ގިނަފަހަރު ގޯނބިލި ނިކުމެފައި ހުންނަނީ ގަސް ގަނޑުންނެވެ.

ގޯނބިލީގައި ދޭނީ ހުތް ރަހަ އެކެވެ. އަސާރަ ހެދުމަށާއި، ބައެއް ކަހަލަ ސަލަޑް ތައްޔާރު ކުރުމަށް ބޭނުންކުރެވެއެވެ. 

ދިވެހިރާއްޖޭގައި ގޯނބިލި ހުހައި ވެސް ކައި އުޅެއެވެ. އަދި ހުތުގެ ގޮތުގައި ވެސް ގޯނބިލި ބައެއް ފަހަރު ސަލަޑް ހަދާއިރު ބޭނުން ކުރެއެވެ. 

ރާއްޖޭގައި މަޖާ ހެދުމަށާއި، ސޫޕާއިއެކު ނުވަތަ ރިހާކުރާއެކު ކާން ގޯނބިލި ބޭނުންކޮށް އުޅެއެވެ.

your image 

ގޯނބިއްޔަކީ އޭގައި ސިއްހީ ފައިދާތަކެއް ވެސް އެކުލެވޭ މޭވާ އެކެވެ. އެގޮތުން ގޯނބިއްޔާއި، ގޯނބިލި ގަހުގެ މުލުގެ އިތުރުން ގޯނބިލި އޮށް އަދި ގޯނބިލި ފަތްވެސް އެއީ މިފަދަ ބޭނުންތަކަށް ރާއްޖޭގެ ދިވެހި ބޭސްވެރިކަމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.

މެޑިކަލް ޑޮކްޓަރު އަބުދުލް އަޒީޒު ހަމީދު އޭނާގެ ސިއްހަތު ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި  ލޭތާޒާކޮށް، ރަގަޅުކުރުމަށް "ލިވަ ޓޮނިކް"އެއްގެ ގޮތުގައި އިންޑިޔާގައި ގޯނބިލި ބޭނުން ކުރެއެވެ.

އަދި ބަނޑުގައި ރިހުން ކުޑަކޮށް، ލުއިކުރުމަށް ގޯނބިލި ދިޔަ ބޭނުން ކުރެއެވެ. މީގެ އިތުރުން 
ގޯނބިލި އޮށް ބަނޑުހިކުން ފަސޭހަކޮށްދިނުމަށާއި، މޭނުބައިކުރުން ކުޑަކުރުމަށް ބޭނުން ކުރެއެވެ.

ރިހުންތަކަށް ބޭނުންކުރެވޭ ބޭހެއް 
ގޯނބިލި ފަތަކީވެސް އޭގައި ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ގޯނބިލި ފަތް، އަސޭމިރުހާ އެއްކޮށްގެން ފުޑައިގެން، ތަދުވާ ތަންތަނުގައި އުގުޅައެވެ. 
ރާއްޖެބަލި ޖެހިގެން ތަދުވާ ހުޅުތަކުގަޔާއި، ބުރަކައްޓާއި އުނަގަނޑުގައި ރިހުން ކުރިމަތިވެފައިވާ މީހުންނަށް ތަދުވާ ތަންތަނުގައި އުގުޅުމަށް ގޯނބިލި ފަތް ބޭނުންކުރެއެވެ.
އެ ފަތުގައި ތަތްކަމެއް ހުންނާތީ، ކިހުނުވުން މެދުވެރިވާ މީހުންނަށް ފަރުވާ ކުރުމަށް ވެސް ގޯނބިލި ފަތް ބޭނުން ކުރެއެވެ. މީގެ އިތުރުން ގޯނބިލި ފަތް ބޭނުންކޮށްގެން، ކެއްސުން، ކެންސަރު، އަދި އަނގަފާރަށް ފަރުވާ ކުރުމަށް ބޭނުން ކުރެއެވެ.

your imageގޯނބިލި ގަހެއް—— 

ގޯނބިލި މޫ 
ގޯނބިލި މޫ ވެސް އެއީ ބޭނުން ނުކޮށް ދޫކޮށްލެވެން ނެތްހާ ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ފެނުކައްކައިގެން އެފެނުން އާވިއެރުވުމުން ކެއްސުމާއި ބޮލުގައި ރިހުން ލުއިކޮށްދެއެވެ. ގޯނބިލިމުލުގެ ދިޔަ ކުޑަ މިންވަރަކަށް ބޭނުންކުރުމުން ނޭވާހިއްލުމުގެ އުދަނގޫ ވެސް ފަސޭހަކޮށް ދެއެވެ. މީގެ އިތުރުން ފައިގެ ދަށްފުށުގައި އުފެދޭ "ސޮރައިސިސް” އަށް ފަރުވާ ކުރުމަށްވެސް ގޯނބިލިމޫ ބޭނުން ކުރެއެވެ.
33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް