ads
ޕްރިޔަންކާ އާއި ނިކް
ޕްރިޔަންކާ އާއި ނިކްއަށް ދަރިއަކު ލިބިއްޖެ
ނިކްއާއި ޕްރިޔަންކާއަށް ދަރިއަކު ލިބިފައިވަނީ ސެރޮގެސީ މެދުވެރިކޮށެވެ. މިކަން ދެމީހުންގެ ފަރާތުން ސޯޝަލް މީޑިއާގައިވެސް ވަނީ ހާމަކޮށްފައެވެ.

ޕްރިޔަންކާއާއި ނިކް މިކަން ހާމަކޮށް ކުރި ޕޯސްޓުގައި ބުނެފައިވަނީ އެދެމީހުންނަށް ސެރޮގެސީ މެދުވެރިކޮށް ކުއްޖަކު ލިބިފައިވާ ކަމަށާއި، މި ހާއްސަ ދަނޑިވަޅުގައި ޕްރައިވެސީ  އެ އާއިލާއަށް ބޭނުންވާ ދިނުމަށް އެދޭ ކަމަށެވެ.

އެދެމީހުން މި ދަނޑިވަޅު ޕޯކަސް ކުރަން ބޭނުންވަނީ ދެމީހުންގެ ކުޑަކުޑަ އާއިލާއަށް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ކުއްޖާގެ ޖިންސެއްް އަދި އެދެމަފިރިން ހާމައެއް ނުކުރެއެވެ.

އެދެމަފިރިން ސެރޮގެސީ މެދުވެރިކޮށް ކުއްޖެއް ހޯދިިއިރު ދެމީހުން ކުއްޖެއް ހޯދުމަށް ގެންގުޅޭ ޕްލޭނާއި ބެހޭގޮތުން އިންޓަވިއުއެއްގައި ސުވާލުކުރުމުން ޕްރިޔަންކާ ވަނީ އެކަމުގެ ވަގުތު ޖެހުމުން އެކަންވެސް ކުރާނެ ކަމަށާއި އަދި ބޭނުންވަނީ ދެމީހުންނަށް ވަގުތު ދީ އެކީގައި ވަގުތު ހޭދަކުރަން ކަމަށް ބުނެފައެވެ.

އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޮޕްރާ އަށް މިހާރު ވަނީ 38 އަހަރުވެފަ އެވެ.

ޕްރިޔަންކާ ވަނީ ދުވަހަކު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ކަމަށް ހިތަށް ނާރާ ކަމަށް ބުނެފަ އެވެ. އޭނަ ބުނެފައި ވަނީ އޭނަގެ އުމުރުން 35 އަހަރުވުމާއެކު ކައިވެނި ކުރަން ބޭނުންވެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެވުނު ކަމަށާއި އޭރު ދެން ދުވަހަކު ވެސް ކައިވެނި ކުރެވޭނެއޭ ހިތަށް ނާރާ ކަމަށެވެ. 

ޕްރޔަންކާ އާއި ނިކްގެ ކައިވެންޏަށް ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ފޭނުންގެ ސަމާލުކަން ހުއްޓުނު އިރު މި ދެ ތަރިންގެ އުމުރުގެ ތަފާތަކީ 10 އަހަރެވެ. 

ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށިވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކީ ނަމަވެސް ލޯބިވާ ދެމީހެއް އުފަލުގައި އުޅުމަށް އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން އެ ދެމީހުން ދަނީ ދުނިޔެއަށް ދައްކަމުންނެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް