ads
ބައްސާމް އަލިފުށީގައި
ޕްރެޒިޑެންޓްސް ކަޕް: ފައިނަލް މެޗަށް ބައްސާމް އަލިފުށްޓަށް
ރ. އަލފުށި: ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަލިފުއްޓަށް ވަޑައިގެންފިއެވެ.

ބައްސާމް އަލިފުށްޓަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު ހެނދުނުއެވެ. ބައްސާމްގެ އަރިހުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ޙުސައިން ޖަވާޒުވެވެސް އަލިފުށްޓަށް ވަޑައިގެންނެވިއެވެ. 

ރާއްޖެގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހު ހަވީރު އަލިފުށީގައެވެ. މި މެޗުގައި ވާދަކުރާނީ ކްލަބު ވެލެންސިޔާއާ މާޒިޔާއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށްް އާދިއްތަ ދުވަހު އަލިފުށްޓަށް ވަޑައިގަންނަވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް