ads
ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލަން ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---
މި އަހަރުގެ މިހާތަނަށް 80 ހާސް ފަތުރުވެރިން ޒިޔާރަތް ކޮށްފި
2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 80 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 20 ދުވަހު ރާއްޖެއަށް 82،478 ފަތުރުވެރިޔަކު ވަނީ ޒިޔާރަތް ކޮށްފައެވެ. 

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 48 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރީ، 55،729 ފަތުރުވެރިޔެކެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ރަޝިޔާ އިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 16,616 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، އިނގިރޭސި ވިލާތުންނެވެ. އެގައުމުން މިހާތަނަށް 7,544 ފަތުރުވެރިޔަކު ވަނީ ޒިޔާރަތް ކޮށްފައެވެ. މި ލިސްޓުގެ ތިން ވަނައިގައި 7,027 ފަތުރުވެރިންނާއި އެކު އޮތީ، އިޓަލީއެވެ. 

ފާއިތުވި ތިން އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 1،702،887 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން އަދަދުތައް މަދުވިއިރު އެއަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ، 555،494 ފަތުރުވެރިންނެވެ. ނިމިދިޔަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިޔަކު ވަނީ ޒިޔާރަތް ކޮށްފައެވެ. 

މިއަހަރު ޓޫރިޒަމް މިނިސްޓްރީން ލަފާ ކޮށްފައި ވަނީ ރާއްޖެ އަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް