ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބްރިޓިޝް އެއާވޭސްގެ ފްލައިޓަކުން ފައިބައިވަޑައިގަންނަވަނީ--
އިތުރު ދަތުރުފުޅެއް ކުރައްވަން އުޅެނިކޮށް ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން އެނގުނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގެ ވަގުތެއްގައި ޕީސީއާރް ހެދުމުން ކަމަށެވެ. އަދި މިވަގުތު ހުންނެވީ ގޭގައި އެކަރިވެގެން ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

 

ޔޫއޭއީގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް ސޯލިހް ރާއްޖެވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދަތުރުފުޅުގެ ކުރިން ރައީސް ސޯލިހް ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ. 

އެގޮތުން މިއަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮންނަ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދުގެ ކެމްޕެއިންނަށްވެސް ރައީސް ސޯލިހް ވަނީ އެ ދާއިރާގެ ތިން ރަށަށް ޒިޔާރާތް ކުރައްވާފައެވެ.

ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއިއެކު ރާޝިދުގެ ކެމްޕެއިންއަށް އަލުން ކޮމަންޑޫއަށް މިއަދު ފުރާވަޑައިގަތުމަށް ރޭގެ ވަގުތެއްގައި ޕީސީއާރް ޓެސްޓު ނެގުމުންނެވެ. 

ކޮވިޑް-19އިގެ ހާލަތު ރާއްޖޭގައި މިވަގުތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1000 އާއި 2000 ދެމެދުގެ އަދަދަކަށް މީހުން ޕޮޒިޓިވްވަމުންދާއިރުވެސްް ބައި އިލެކްޝަނުގެ ކެމްޕެއިންނަށް ރަށްރަށަށް ދިއުން ސިޔާސީ ޕާޓީތަކުން ހުއްޓައެއް ނުލައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް