ads
މޯލްޑިވިއަން--
އައިއޭއެސް: ގަންނަން އިއުލާން ކުރި އޭޓީއާރު ބޯޓުތަކަށް ފައިނޭންސް ހޯދަނީ
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ގަންނަން ނިންމާފައިވާ އޭ.ޓީ.އާރު މަރުކާގެ 3 މަތިންދާ ބޯޓަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މި ތިން ބޯޓު ގަތުމަށް ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އައިއޭއެސް އިން ސޮއިކުރިކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރި ތިން ބޯޓަށް ފައިނޭންސް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ އެ ތިން ބޯޓު ގެނައުމަށް 56.5 މިލިއަން ޑޮލަރު ނުވަތަ 874 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

އަދި ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކު ލޯނެއް ނުވަތަ ކުރެޑިޓް ފެސިލިޓީއަކުން ނުވަތަ ސޭލް އެންޑް ލީސްބެކް ފެސިލިޓީއެއް ހުށަހެޅިދާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މޯލްޑިވިއަން އިން ބުނެފައިވަނީ، އޭޓީއާރު މަރުކާގެ ދެ މަތިންދާބޯޓު ކުއްޔަށް ނަގަންވެސް ބޭނުން ވާކަމަށެވެ.

އެ ދެ ބޯޓު ވެސް ކުއްޔަށް ނަގާނީ ދޮޅު އަހަރަށެވެ. ފުރަތަމަ ބޯޓު އަންނަ އޭޕްރިލް މަހު، ދެވަނަ ބޯޓު މޭ މަހު ލިބެން ޖެހޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

މި މަތިންދާބޯޓުތައް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ގައި ހުޅުވައިލާނެ އެވެ. ބީލަންތައް އިވެލުއޭޓު ކުރުމަށް ފަހު، ބޯޓުތައް ކުއްޔަށް ނަގާނެ ފަރާތެއް ހޮވާނީ އައިލެންޑް އޭވިއޭޝަންގެ ބޯޑުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް