ads
އަލީއެކްސްޕްރެސް އިން ގެންނަ ޕާރުސަލްތަކުން ކޮރޯނާ ވައިރަހެއް ނުޖެހޭނެ: އެޗްޕީއޭ
އަލީއެކްސްޕްރެސް އިން ގެންނަ ޕާރުސަލަކުން ނޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ސިއްހީ މާހިރުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ވަނީ މި ވައިރަހަކީ ކެއްސާ ކިބިހި އަޅާއިރު ބޭރުވާ ކުޅުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން އެގޮތަށް އަލީއެކްސްޕްރެސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ގެންނަ ޕާރުސަލެއްގެ ސަބަބުން ވެސް މިބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައެވެ. 

އެގޮތުން ދިވެހިންނަކީ ވެސް އަލީއެކްސްޕްރެސް މެދުވެރިކޮށް ވަރަށް ގިނައިން ވިޔަފާރި ކުރާ ބައެއްކަމުން ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

ސީއެންއެމްއަށް މައުލުމާތުދެމުން އެޗްޕީއޭ އިން ބުނީ އަލީއެކްސްޕްރެސް އިން ގެންނަ ޕާރުސަލްތަކުގެ ޒަރިއްޔާއިން ކޮރޯނާ ވައިރަސް ނުޖެހޭނެ ކަމަށެވެ.

އެޗްޕީއޭގެ އިތުރުން އަލީއެކްސްޕްރެސުން ވެސް ވަނީ މިހާތަނަށް އެތަނުން ގެނައި ޕާރުސަލެއް މެދުވެރިކޮށް ކޮރޯނާ ވައިރަސް، އެއްވެސް މީހަކަށް ޖެހުނު މައްސަލައެއް ފާހަގައެއް ނުކުރެވޭ ކަމަށް ބުނެފައެވެ.  

އިއްޔެ އާ ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސް 2,776 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ޗައިނާއިން ޖުމްލަ 2,727 ކޭސް ރިޕޯޓުކޯށްފައިވާއިރު އޭގެ ތެރެއިން 461 މީހުން ބަލިޖެހިގެން ބޮޑުވަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި މިހާތަނަށް 80 މީހުން މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައެވެ. 

ޗައިނާގެ ވުހާން ޕްރޮވިންސުން އެންމެ ފުރަތަމަ މި ބަލި ޖެހިގެން މީހަކު ރިޕޯޓްކުރިއިރު މިހާރު މިބަލި މިވަނީ ނޭޕާލް އާއި ތައިލެންޑް އަދި މެލޭޝިއާ އިން ވެސް ފެނިފަ އެވެ. އަދި އިއްޔެ ލައްކާ އިން ވެސް އެބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ.

ރާއްޖެއަކީ ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުން އެތައް ފަތުރުވެރިންނެއް އަންނަ ގައުމެއް ކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ވަނީ ފެށިފަ އެވެ. އަދި އޭގެ އިތުރުން، ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ. 

55%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް