ads
ސާވިން އޭނާގެ ކެނޯގައި
އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދާން އުޅުނު 75 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދާން އުޅުނު އުމުރުން 75 އަހަރުގެ ފްރާންސްގެ މީހަކު ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެޑްވެންޗަރާ ޖީން-ޖެކް ސާވިން މީގެ ކުރިން ވަނީ 2019 ވަނަ އަހަރު ބޮޑު ބެރެލްއެއްގައި ކަނޑު ހުރަސްކޮށްފައެވެ.

އެފަހަރު ސާވިން ވަނީ ކާމިޔާބުކަމާއެކު އެޓްލާންޓިކް ކަނޑު ހުރަސްކޮށް، ބެރެލްގެ ބައްޓަމަށް އޮތް، އޮރެންޖް ކެޕްސޫލެއްގައި، ކަނޑުގެރާޅުތައް އެކަނި ބޭނުންކޮށްގެން، 4500 ކިލޯމީޓަރު (2800 މޭލު) 122 ދުވަހުގެ ދަތުރެއް ފުރިހަމަ ކޮށްފައިވެއެވެ.  

"ނަމަވެސް އަހަރުމެންގެ ކަނޑު ދެކެ ލޯބިވާ، ދަތުރުކޮށް ހެދުމަށް ބޭނުންވާ ރަހުމަތްތެރިޔާއަށް ވުރެ ކަނޑު މިފަހަރުމާ ވަރުގަދަ،" އޭނާގެ ސަޕޯޓް ޓީމުގެ ފޭސްބުކް ޕޭޖުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިދިޔަ ހަފްތާގައި ކަނޑުމަތީގައި ފޮއި ގްރާސް އާއި ޝެމްޕެން އާއެކު އޭނާގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރި އެވެ. އެއަށް ފަހު މިމަހުގެ އެއް ވަނަ ދުވަހު  ޕޯޗުގަލްގެ ދެކުނުގެ ސަގްރޭސް އިން ފުރައިގެން އޭނާ ދިޔައީ ކަނޑު ސޯލޯ ހުރަސް ކުރުމުގެ މަގްސަދުގައެވެ. 

your imageސާވިން އޭނާގެ ކެނޯގައި

މަރުވުމުގެ ތިން ދުވަސް ކުރިން، އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުން 900 ކިލޯމީޓަރުގެ ދިގު ދަތުރަކަށް ދަތުރު ދެމިގެން ދާން މެދުވެރިވީ ގަދަ ވައިރޯޅިތަކެއްގެ ސަބަބުންނެވެ. އަދި އޭނާއަށް އޭނާގެ ސޯލަ ޕަވަ އިން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް "ޔަގީން، އަހަރެންނަށް ނުރައްކަލެއް ނެތް،" ކަމަށް އެދުވަހުގެ އެ ޕޯސްޓުގައި ބުނެފައިވެއެވެ. 

އޭނާ ބުނި ގޮތުގައި އަޒޫރަސްގެ ވެރިރަށް ޕޮންޓާ ޑެލްގާޑާގެ "ރީތި މެރީނާ" އަށް ދެވުމުން އެ މައްސަލަތައް ހައްލުކުރަން އޭނާ ވަނީ ރާވާފައެވެ.  

އޭނާ ނިންމާފައި އޮތީ އޭނާގެ "ރަހުމަތްތެރިޔާ"ގެ ގޮތުގައި ނަން ދެވިފައިވާ އަށް މީޓަރުގެ(26 ފޫޓު) ކެނޯގައި ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަ ކުރުމަށެވެ. އަދި ފަލި ޖެހުމަކީ އޭނާގެ އުމުރުގެ ފަހުކޮޅުގެ ހިތްހަމަ ޖެހުންކަމަށް ވެސް އޭނާ އެދުވަހުގެ ޕޯސްޓުގައި ސިފަކޮށްފައިވެއެވެ. 

އޭގެ ތިން ދުވަސް ފަހުން އޭނާގެ ކެނޯ ފުރޮޅާލާފައި އޮއްވާ ޕޯޗުގަލްގެ މެރިޓައިމް އޮފިޝަލުންނަށް ފެނުނީ އުތުރު އެޓްލާންޓިކް ކަނޑުގައި އޮންނަ ޖަޒީރާ ޗެއިންއެއް ކަމަށްވާ އަޒޫރަސްއިންނެވެ. 

your imageކެނޯ ބަންޑުން ޖަހާލާފައި

އޭނާ މަރުވުމަށް މެދުވެރިވީ ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް