ads
ކިރިބާސް ފުރަތަމަ ފަހަރަށް ލޮކްޑައުން އަކަށް ފޮޓޯ ބީބީސީ
ކޮވިޑް 19: ކިރިބާސް ފުރަތަމަ ފަހަރަށް ލޮކްޑައުން އަކަށް
ކިރިބާސް ފުރަތަމަ ފަހަރަށް ލޮކްޑައުން އަކަށް ހިނގައްޖެއެވެ.

ކިރިބާސް ލޮކްޑައުން ކޮށްފައިވަނީ އިންޓަނޭޝަނަލް ފްލައިޓެއްގައި އެގައުމަށް ދަތުރު ކުރި ފަސިންޖަރުންތަކެއް ކޮވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެ ގައުމުގައި މިހާރުވަނީ އާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން މަނާކުރުމާއެކު އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.

ފިޖީއިން އެގައުމަށް ދިޔަ ފްލައިޓުން ދަތުރުކުރި 36 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގައުމުގެ ހަތަރު މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.

އެހެންނަމަވެސް މިދިޔަ ހަފުތާގެ ނިޔަލަށް ކިރިބާސް އިން ފެނިފައިވަނީ ކޮވިޑުގެ އެންމެ ދެ ބަލިމީހުންނެވެ.

ކިރިބާސް އަކީ  ދުނިޔޭގައި އެންމެ އެކަހެރިކޮށް އޮންނަ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އެއީ އެގައުމުގެ އެންމެ ކައިރީގައިވާ ކޮންޓިނެންޓް ކަމަށްވާ އުތުރު އެމެރިކާއާ ގާތްގަނޑަކަށް 5000 ކިލޯމީޓަރު (3100 މޭލު) ދުރުގައެވެ.

އަންގާރަ ދުވަހު ސަރުކާރުން ވަނީ 54 ފަސިންޖަރުންގެ ތެރެއިން 36 ފަސިންޖަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ފޭސްބުކްޕޯސްޓެއްގައިވާ ގޮތުން ސިއްހީ އޮފިޝަލުން މިހާރު ދަނީ ހުރިހާ ފަސިންޖަރުން ވެސް މޮނިޓާ ކުރަމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި ފްލައިޓުގައި ތިބި ހުރިހާ ފަސިންޖަރުންވެސް ވަނީ ވެކްސިން ޖަހާފައެވެ.

އެހެންނަމަވެސް ކަރަންޓީން ފެސިލިޓީ ސެކިއުރިޓީ ޓީމުގެ ތިން މެމްބަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ފެސިލިޓީގައި މަސައްކަތް ނުކުރާ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ކިރިބާސްގައި ކޮންމެހެން ބޭނުންވާ ކަމެއްގައި ނޫނީ ގެއިން ނުނިކުތުމަށާއި ބޭނުންވާ  ތަކެތި ގަތުމަށް  ފިހާރައަށް ދެވޭނީ ހެނދުނު ހައެކުން މެންދުރު ދޭކާއި ދެމެދުކަމަށް ވަނީ ނިންމާފައެވެ.

އެ ގައުމުގައި ތިބި 120،000 މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ ކިހާ ނިސްބަތެއްގެ މީހުން ކަމެއް ނޭނގެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް